Advertisement

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---

19 Feb 2025
ޚަބަރު

ދިވެހި އަންހެނެއްގެ ތިން ފިރިން، ނަސަބު އޮޅިދާނެ

ކައިވެންޏާއި ވަރި ރަޖިސްޓްރީ ނުކުރުމުގެ ސަބަބުން، ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފާހަގަވެފައިވާ ކަމުގައި ރާއްޖޭގެ ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން މިކަންހާމަކޮށްފައި ވަނީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް އެކަން ދިމާވެފައި ވަނީ ކޯޓުން ބޭރުގަޔާއި ރާއްޖެއިން ބޭރުގައި ކައިވެނިކުރުމުގެ ސަބަބުން ނުކުންނަ މައްސަލަ ތަކުގެ ތެރެއިންނެވެ. މިގޮތުން ތިން ފިރިން ތިބިކަމަށް ދައްކާ އެއަންހެންމީހާއަށް އެހާލަތު މެދުވެރިވީ ޤަވާއިދާއި އުޞޫލުތަކުގެ މައްސަލައަކުން ނޫންކަމަށާއި ޤަވާއިދުތަކަށް ބޯ ނުލަނބާތީކަން އޭނާ ފާހަގަކުރެއްވިއެވެ.

ތިންފިރިން ތިބި އަންހެންމީހާ ވަނީ، ކުރީގެ ދެކައިވެނި ރަޖިސްޓްރީކުރުމާއި ވަރިސާބިތު ކުރުމުގެ މަރުޙަލާތައް ނުނިންމައި ކޯޓުން ބޭރުގައި ތިންވަނަ ކައިވެންޏެއްވެސް ކޮށްފައެވެ. މިކަމުގެ ސަބަބުން ނަސަބު އޮޅުމުގެ މައްސަލަތައް ކުރިމަތިވަމުން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ފެމިލީ ކޯޓުގެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކައިންޏާއި ވަރީގެ މައްސަލަތައް ގިނަވަމުން އަންނައިރު، ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކަށް ބޯ ނުލެބުމުގެ މައްސަލަތައްވެސް އަންނަނީ ކުރިމަތިވަމުންނެވެ. އަދި ޚާއްޞަކޮށް ހަރުކަށި ދީނީފިކުރުތަކުގެ ސަބަބުން، އަމިއްލައަށް ކައިވެނި ކުރުމާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުމުރު ހަމަނުވާ ކުޑަކުދިން ކައިވެނިކުރުވުމުގެ މައްސަލަތައްވެސް މީގެ ކުރިންވެސް ފާހަގަވެފައިވެއެވެ. މިކަންކަމުގެ ސަބަބުން ނަސަބު އޮޅި އިތުރުމައްސަލަތައް ނުކުމެދާނެ ކަމުގެ ކަންބޮޑުވުން ފެމިލީ ކޯޓުން އަންނަނީ ފާޅު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.