Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ---

20 Feb 2025
ޚަބަރު

ރައީސް ނަޝީދަށް ލަފާ ވަނީ ޤާނޫނު އަސާސީ ބަދަލު ކުރެވޭނީ ރައްޔިތުންނަށް ކަމަށް!

ޤާނޫނު އަސާސީ ބަދަލުކުރެވޭނީ ސީދާ ރައްޔިތުންނަށް ކަމުގައި ހީކުރެވިފައިވާ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ކުރެވި ޕޯސްޓުގައި ވިދާޅުވީ، އެމަނިކުފާނަށް ލަފާކުރެވިފައި އޮންނަނީ ޤާނޫނު އަސާސީ އިސްލާޙް ކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށް ކަމުގައެވެ. ޤާނޫނު އަސާސީގެ ނަޒަރުގައި ޤާނޫނު އަސާސީ ބަދަލު ކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެނޭ ކަމަށާއި، އަދި ޤާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރަސްމީ އެކައުންޓުން މިގޮތަށް ވިދާޅުވުމަށްފަހުގައި، އެމަނިކުފާނު ގެންގުޅުއްވާ އަނެއް ދިވެހިރާއްޖެ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީއަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި، ޤާނޫނު އަސާސީއަށް އިސްލާޙެއް ގެނެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި ވޯޓުން ކަމަށާއި، މާނަކުރަން ދާންޖެހޭނީ ސުޕްރީމްކޯޓަށް ކަމަށެވެ.

އަދި އުފެދޭ ސުވާލަކީ، މެމްބަރުންގެ ގޮނޑި ގެއްލޭ ހަމަ ބަދަލުކުރުން އެއީ ބަދަލެއްތޯ ނުވަތަ އިސްލާހެއްތޯ ކަމަށާއި، ސްޕްރީމް ކޯޓުގެ ވާޖިބަކީ އެކަން މާނަކޮށްދިނުން ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޕާޓީތަކަށް މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ބާރު ލިބޭ ގޮތަށް، ޤާނޫނު އަސާސީއަށް ގެނައި އިސްލާޙް ބާޠިލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވަނީ، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް މައްސަލަ ހުށައަޅުއްވާފައެވެ.

ޢަލީ ޙުސައިން ހުށައެޅުއްވި އެމައްސަލަ ސްޕްރީމްކޯޓަށް ބަަލައިގަނެ އެކޯޓުގައި ކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި، މައްސަލައިގައި ޖަވާބުދާރީވުމަށް ސްޕްރީމްކޯޓުން ވަނީ ބަންޑާރަނައިބަށް 10 ދުވަހުގެ މުހުލަތެއް ދީފައެވެ.

ކޮމެންޓް
ކޮސް
ކޮސް ގޮވަން އެންމެ ރަނގަޅީ ކޮސް ޖަމިއްޔާ އެއް އުފެއްދުން.
20 Feb 2025
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.