Advertisement

ޑރ. އިލްޔާސް ޙުސައިން --

20 Feb 2025
ޚަބަރު

ޑރ. އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުހެއް މާދަމާރޭ

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުހެއް މާދަމާރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމުގައި ސްޕްރީމް ކައުންސިލް ފޯރ ފަތުވާއިން ހާމަކުރައްވައިފިއެވެ.

ޑރ. އިލްޔާސް ޙުސައިންގެ މިދަރުސް އޮންނާނީ، މާދަމާރޭ 20:30ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.

މި ދަރުސްގައި، ޑރ. އިލްޔާސް ޙުސައިން ވާހަކަފުޅު ދައްކަވާނީ "ތިބާގެ ރައްބާއި ތިބާ ދުރުކޮށްލީ ކޮންކަމެއް ހެއްުޔެވެ؟" މިމަޢުޟޫއަށެވެ.

މި ދަރުސްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 May 2025
ޚަބަރު
މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގޮވާލައިފި
ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ޕެޕަރ ސްޕްރޭޖަހާ ޒުވާނުންނަށް އަނިޔާކޮށް ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުއަށް އިންސާދު ހޯދުމަށް ގޮވާލާ މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށެވެ.
02 May 2025
ޚަބަރު
ފުލުހުން ހާމަކުރީ މުޒާހަރާ ރޫޅާލީ ގާނޫނޫ އިންޒާރުތަކަށް ފަހުގައި ކަމަށް
އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު މަޖީދީ މަގުގައި ހިންގަމުންދިޔަ އިހުތިޖާޖު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
01 May 2025
ޚަބަރު
ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސްއިން ހުޅުވާލައިފިއެވެ. ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
01 May 2025
ޚަބަރު
އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށްފި
މިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ދަތުރާ ގުޅުވައި އެ ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކު އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކުރުމުން އެ ޕާޓީއިން އެކަން ކުށްވެރިކޮށްފިއެވެ.