Advertisement

ައައްޑޫއަށް ބޭލި ބޯޓުގެ ފަޅުވެރިޔާ -- ފޮޓޯ: އެމްއެންޑީއެފް

20 Feb 2025
ޚަބަރު

ބޭރުގެ ކާގޯ ބޯޓަކުން ބަލިމީހަކު އައްޑުއަށް ބާލައިފި

އައްޑޫ ސިޓީ ދެކުނުން ދަތުރު ކުރަމުންދިޔަ ބޭރުގެ ބޯޓެއްގެ ފަޅުވެރިއެއްގެ ހާލު ސީރިއަސްވެގެން އައްޑޫ ސިޓީއަށް ބާލައިދީފައިވާ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އައްޑޫ ސިޓީގެ ދެކުނުން 245 ނޯޓިކަލް ބޭރުން ދަތުރުކުރަމުންދިޔަ "އެމްވީ އަލްފާ އީތޯސް" ބޯޓުގެ ފަޅުވެރިއަކު އައްޑޫ ސިޓީއަށް ބާލައިދީ، ފަރުވާ ދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. އެމީހާއަކީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ އުޅަނދު ފަހަރު ރާއްޖެ ހުރަސްކޮށް ކުރާ ދަތުރުތަކުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ބާލައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 May 2025
ޚަބަރު
މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގޮވާލައިފި
ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ޕެޕަރ ސްޕްރޭޖަހާ ޒުވާނުންނަށް އަނިޔާކޮށް ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުއަށް އިންސާދު ހޯދުމަށް ގޮވާލާ މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށެވެ.
02 May 2025
ޚަބަރު
ފުލުހުން ހާމަކުރީ މުޒާހަރާ ރޫޅާލީ ގާނޫނޫ އިންޒާރުތަކަށް ފަހުގައި ކަމަށް
އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު މަޖީދީ މަގުގައި ހިންގަމުންދިޔަ އިހުތިޖާޖު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
01 May 2025
ޚަބަރު
ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސްއިން ހުޅުވާލައިފިއެވެ. ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
01 May 2025
ޚަބަރު
އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށްފި
މިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ދަތުރާ ގުޅުވައި އެ ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކު އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކުރުމުން އެ ޕާޓީއިން އެކަން ކުށްވެރިކޮށްފިއެވެ.