ޚަބަރު
ޚަބަރު
01 Sep 2023
ޚަބަރު
އެމްޕީއެލް ފްލެޓްތަކަށް ފައިސާ ދެއްކުމަށް މުވައްޒަފުންނަށް ފަސޭހަ އިންތިޒާމްތަކެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ޢިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް ކުލި ދެއްކުމަށް މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސަދީފިއެވެ. މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުޞޫލަށް އެމް.ޕީ.އެލްގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށްފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުޞަތު މުވައްޒަފުންނަށް ވަނީ ހުޅުވާލައިފައެވެ. މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެނެވެ.
01 Sep 2023
ޚަބަރު
މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށްވެސް އެމްޓީސީސީ ބަހުގެ ހިދުމަތް ހިލޭ
މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އެމްޓީސީސީ ބަހާއި، މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އެމްޓީސީސީން ބުނީ ކޮލެޖެ ނުވަތަ ޔުނިވާރސިޓީއިން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން މިހާރު އެ ކުންފުނީގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގައި ހިލޭ ދަރިވަރުންނަށް ދަތުރުކުރެވޭނެކަމަށެވެ.
31 Aug 2023
ޚަބަރު
ތިނަދޫ ސިޓީގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ހުޅުވައިފި
ބުދަ ދުވަހުގެރޭ ސިޓީއެއްގެ ދަރަޖަ ދެވުނުކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގދ. ތިނަދޫގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ބުދަ ދުވަހުގެރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޖަގަހަ ރަސްމީކޮށް ހުޅުވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ. ގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި އެމް.ޑީ.އޭ. ގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދެވެ.
31 Aug 2023
ޚަބަރު
އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި
އަރިއަތޮޅު ދެކުނުބުރީ މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހު ކޮށްފިއެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބުދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން އެވެ. މި ޕްރޮޖެކްޓަކީ މަންދޫގެ ކައުންސިލާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 17 އޮގަސްޓް 2016 ގައި ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ފުރިހަމަކޮށްފައިވާ ޕްރޮޖެކްޓެކެވެ.
31 Aug 2023
ޚަބަރު
ގޯތި ލިބުނު މީހުންގެ ބިން ދޫކޮށްލަން 5 އަހަރު ދީފި
މި ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާގެ ސްކީމް ދަށުން ގޯތި ލިބުނު މީހުންގެ ނަމުގައި މިހާރު އޮތް ބަންޑާރަ ގޯތި ދޫކޮށްލުމަށް ދީފައިވާ މުއްދަތު 5 އަހަރަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.
31 Aug 2023
ޚަބަރު
އާރުޓީއެލްއިން މިފަހަރު ގުޅާލީ ހުވަދޫގެ 18 ރަށް
ހުވަދު އަތޮޅު ގުޅާލ،ާ ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރ.ްޓ.ީއެލ.ް) ގެ ދެވަނަ ފިޔަވަހި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވ.ެ އާރ.ްޓ.ީއެލ.ް ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ރަސްމީކޮށް ފެށުމުގެގޮތުން ގދ. ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިޙާއ،ި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމާއ،ި ކެބިނެޓް ވަޒީރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
31 Aug 2023
ޚަބަރު
ހުޅުމާލެއިން ދަނޑުބިން ކުއްޔަށް ދިނުމަށް ބިން ދޫކުރުމުގެ 2ވަނަ ބުރަށް ހުޅުވާލައިފި
އަރބަނކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އަރބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުންކަމަށެވެ.
31 Aug 2023
ޚަބަރު
ރާއްޖޭގެ މުސްތަޤްބަލަށް 17،000 އަށް ވުރެން ގިނަ ބްރިޖް ރައީސް އަޅުއްވައިފި: ހަނަފީ
ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް 17،000 ބްރިޖް އަޅުއްވާފައިވާކަމަށް އެމްޑީޕީގެ މެންބަރު އަދި ކޮންޓްރޮލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދަޅުވީ، ގދ. ތިނަދޫގައި އެމްޑީޕީއިން ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
31 Aug 2023
ޚަބަރު
ކާޑެއްދޫ އެއާޕޯޓް، އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުފާވެރި އަމާންރާއްޖެ ކެމްޕޭނުގެ ދަށުން، ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމަުންނެވެ. މިޖަލްސާގައި ތިނަދޫއަކީ ސިޓީއެއްގެގޮތުގައި ކަނޑައަޅުއްވާފައިވާ ކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާނުކޮށްދެއްވާފައެވެ.
31 Aug 2023
ޚަބަރު
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވައިފި
ގދ. ތިނަދޫއަކީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވާފައި ވަނީ އެމަނިކުފާނު ސޮއިލުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނެރުއްވި ޤަރާރުންނެވެ.
31 Aug 2023
ޚަބަރު
އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި އިފްތިތާޙުކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި
މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ބުދަ ދުވަހު ގދ. ތިނަދޫގައި ހުޅުވައިފިއެވެ. މި އޮފީސް ރަސްމީކޮށް އިފްތިތާހު ކުރެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްއެވެ. އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތަޛާ މާރިޔާ އަހުމަދު ދީދީ އާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސައިން އާއި ދިވެހިރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެ މެމްބަރުންނާއި އަދި ތިނަދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
30 Aug 2023
ޚަބަރު
އެއަރ އިންޑިއާއިން ރާއްޖެއަށް ދަތުރު ފަށަނީ
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރު ފެށުމަށް ނިންމައިފިއެވެ. އެ އެއަރލައިނުން ބެންގަލޫރު އަދި މުމްބާއީއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެއެވެ.