ޚަބަރު
ޚަބަރު
11 Mar 2025
ޚަބަރު
ފަނޑިޔާރުން ވަކިކުރާ ބިލް ތަސްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.
11 Mar 2025
ޚަބަރު
ސަރުކާރުގެ ވިސްނުން ބަދަލުވެ އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ
މިސަރުކާރު އައުމަށްފަހުގައި އެންމެ ފުރަތަމަ ނިންމެވީ، ދަނޑުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާ ފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް(އެގްރޯނެޓް) އުވާލެއްވުމަށްފަހު، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވައި މަޝްވަރާކުރެއްވުމަށްފަހުގައި މިހާރު ނިންމަވާފައި ވަނީ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސަވައިގެން އެގްރޯނެޓްގެ މަސައްކަތްތައް ކުރިޔަށް ގެންދެވުމަށެވެ.
11 Mar 2025
ޚަބަރު
އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
11 Mar 2025
ޚަބަރު
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުަގައި ގެއްލިގެން ހޯދަމުންދަނީ، ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، (37 އަހަރު) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެންމެފަހުން އާއިލާއަށް އޭނާގެ ޚަބަރެއް ވެފައި ވަނީ، 2025 މާރިޗު 08 ވަނަ ދުވަހުގެ 16:51 ހާއިރު ކަމުގައި އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
11 Mar 2025
ޚަބަރު
ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދުއެވެ. އިބްރާހީމް ރަޝީދު މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ، އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށައިގެން ކުރިޔަށް ގެންދަނިކޮށެވެ.
11 Mar 2025
ޚަބަރު
ސަރުކާރުން ހައްޖަށް ފޮނުވާނެ 50 މީހުން ހޮވައިފި
ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާނެ މީހުން ހޮވުމަށް ގުރުއަތު ނެގުން ބާއްވާފައި ވަނީ މިއަދުއެވެ. ގުރުއަތުން 50 މީހުން ހޮވުމުގެ އިތުރަށް ރިޒާވް ލިސްޓަށްވެސް އިތުރު 10 މީހަކު ވަނީ ހޮވާފައެވެ.
11 Mar 2025
ޚަބަރު
ފުލުހުންނާއި ސިފައިން ހިންގަމުންގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ހައްޔަރުކުރި ތިން މީހުންނާއި ގުޅޭ ތަންތަން ބަލައި ފާސްކުރަމުންދާކަމުގައިވެސް ފުލުހުންގެ އިދާާރާއިން ވިދާޅުވެއެވެ.
11 Mar 2025
ޚަބަރު
ބަޔާން ކެންސަލް، އެކަމަކު އޮޕަރޭޝަން ކުރިޔަށް!
ނުރަސްމީކޮށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މާލެއާ ހުޅުމާލޭގެ ބައެއް ގޭގެއާ ވެހިކަލްތައް ސިފައިން ގެންދަނީ ބަލައި ފާސްކުރަމުންނެވެ. މިގޮތުން ޖުމުހޫރީ މައިދާން ސަރަހައްދުންނާއި ލޮނުޒިޔާރަތް ޕާކު ސަރަހައްދުން ބައެއް ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކޮށްފައި ވެއެވެ.
11 Mar 2025
ޚަބަރު
ރާއްޖެއަށް މިދެ ދުވަހު މޫސުމް ގޯސްވާނެ
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
11 Mar 2025
ޚަބަރު
ޤައުމީ ސަލާމަތަށް ނުރައްކާވެގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ބުނެ ބަޔާން ނެރުމަށްފަހު ކެންސަލްކޮށްފި
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ސަލާމަތީ ޚިދުމަތްތައް ގުޅިގެން މާލެ ސަރަހައްދުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެކަން ހާމަކޮށް ފުލުހުން ބަޔާން ނެރުމާއި އެކު މީޑިއާތަކުން އެޚަބަރު ކަވަރކުރަމުން ދަނިކޮށް ފުލުހުން ވަނީ، ފުލުހުން ސޯޝަލް މީޑިއާ އެކައުންޓްތަކުން ބަޔާން ޑިލީޓްކޮށްފައެވެ.
11 Mar 2025
ޚަބަރު
ނ. ވެލިދޫއަށް ނަގޫރޯޅިއެއްއަރައި ބައެއް މީހުންނަށް އަނިޔާވެއްޖެ
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންނަށް އަނިޔާވީ، ރޯޅިއާއެކު އެރަށުގައި ހުންނަ އާރްޑީސީ ސައިޓުގެ ފުރާޅު އެއްލާލި ހާދިސާގެ ތެރޭގައެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
09 Mar 2025
ޚަބަރު
ގާފަރުގައި އިތުރު ޖެނެރޭޓަރު ސެޓެއް ބަހައްޓައި ބޭނުން ކުރަން ފަށައިފި
ސްޓެލްސްކޯއިން ވިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކ. ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި އެ ޖަނަރޭޓަރު ސެޓުން މިހާރު ކަރަންޓްގެ ޚިދުމަތްދޭން ފަށާފައި ވާކަމަށެވެ.
09 Mar 2025
ޚަބަރު
މިހާތަނަށް މާލެ ސަރަހައްދުގެ 48000 ގޭބިސީއަށް މަސްދަޅުކޭސް ދޫކޮށްފި
މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށާއި، މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި މަސްދަޅު ކޭސް ދޫކުރަމުން ދާނެ ކަމަށެވެ. އަދި ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަމަށާއި، ރޯދަ ހަދިޔާ މަސްދަޅު ކޭސް ބޭނުންވާ ހުރިހާ ފަރާތްތަކަށް މަސްދަޅު ކޭސް ލިބެންދެން މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ
09 Mar 2025
ޚަބަރު
ގެއަކަށްވަދެ އެގޭގެ ވެރިމީހާއަށް އަނިޔާކޮށް ބިރުދެއްކި ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ) އާއި، ނ. މަނަދޫ ހަވޭލީ، މުހައްމަދު އަޒާން، (23އ) އާއި ނ. ވެލިދޫ އެލަސް، އިބްރާހިމް އަހުނަފް (21އ) އާއި އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) އެވެ.
09 Mar 2025
ޚަބަރު
ޓޫރިޒަަމް މިނިސްްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީއަކަށް އަޖުވަދު މުސްތަފާ ހަމަޖައްސައިފި
ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، ރައީސުލްޖުމްހޫރިއްޔާވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެއްކޮށްލައްވާފައެވެ. އަދި އެމިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ނަމަށް ބަދަލުކުރައްވާފައެވެ.
09 Mar 2025
ޚަބަރު
ބާރަށު ގޮނޑުދޮށަށް ފަތްތަކެއް ލައްގައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޮޔާ އައި ބޮނޑިބޮނޑިއަށް ބަނދެފައި ހުރި ފަތްތަކެއް، ބާރަށު ގޮނޑުދޮށަށް ލައްގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެެހެން ނަމަވެސް ލައްވެފައިވާ ފަތްތަކަކީ މަސްތުވާބާވަތެއްގެ އެއްޗެއްކަމަށް ނުބެލެވޭ ކަމުގައި، ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.