ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން --
ބަޔާން ކެންސަލް، އެކަމަކު އޮޕަރޭޝަން ކުރިޔަށް!
އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން، ޤައުމީ ސަލަމާތާއި ގުޅޭ އޮޕަރޭޝަނެއް ހިންގާކަމަށް ނެރުނު ބަޔާން ކެންސަލް ކުރިނަމަވެސް، ސަލާމަތީ ޚިދުމަތްތަކުން މާލެއާ ހުޅުމާލޭގައި އޮޕަރޭޝަނެއް ހިންގަމުން އެބަ ގެންދެެއެވެ.
ނުރަސްމީކޮށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މާލެއާ ހުޅުމާލޭގެ ބައެއް ގޭގެއާ ވެހިކަލްތައް ސިފައިން ގެންދަނީ ބަލައި ފާސްކުރަމުންނެވެ. މިގޮތުން ޖުމުހޫރީ މައިދާން ސަރަހައްދުންނާއި ލޮނުޒިޔާރަތް ޕާކު ސަރަހައްދުން ބައެއް ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކޮށްފައި ވެއެވެ.
މީގެ އިތުރުން ސިފައިން ވަނީ މާލޭގެ ގެއަކާއި ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓެއްވެސް ބަލައި ފާސްކޮށްފައެވެ. އެހެން ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.