Advertisement

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބޭއްވި ގުރުއަތު ނެގުމުގެ ތެރެއިން --

11 Mar 2025
ޚަބަރު

ސަރުކާރުން ހައްޖަށް ފޮނުވާނެ 50 މީހުން ހޮވައިފި

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ފޮނުވާނެ 50 މީހަކު ހޮވައިފިއެވެ.

ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާނެ މީހުން ހޮވުމަށް ގުރުއަތު ނެގުން ބާއްވާފައި ވަނީ މިއަދުއެވެ. ގުރުއަތުން 50 މީހުން ހޮވުމުގެ އިތުރަށް ރިޒާވް ލިސްޓަށްވެސް އިތުރު 10 މީހަކު ވަނީ ހޮވާފައެވެ.

މިދިޔަ އަހަރުވެސް ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ގެންގޮސްފައިވެއެވެ. 

ރިޔާސީ މިދައުރުގެ ތެރޭގައި 1000 މީހުން ހައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
11 Mar 2025
ޚަބަރު
ހުޅުމާލޭގައި ކުޑަކުދިންތަކެއް މާރާމާރީ ހިންގައި އެއްކުއްޖަކު ޒަޚަމްކޮށްލައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިމާރާމާރީގައި ޝާމިލްވާ ހުރިހާ ކުދިންނަކީވެސް އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން 2 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި 4 ކުއްޖަކު ހިފަހައްޓާފައިވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
11 Mar 2025
ޚަބަރު
ފަނޑިޔާރުން ވަކިކުރާ ބިލް ތަސްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.
11 Mar 2025
ޚަބަރު
ސަރުކާރުގެ ވިސްނުން ބަދަލުވެ އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ
މިސަރުކާރު އައުމަށްފަހުގައި އެންމެ ފުރަތަމަ ނިންމެވީ، ދަނޑުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާ ފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް(އެގްރޯނެޓް) އުވާލެއްވުމަށްފަހު، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވައި މަޝްވަރާކުރެއްވުމަށްފަހުގައި މިހާރު ނިންމަވާފައި ވަނީ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސަވައިގެން އެގްރޯނެޓްގެ މަސައްކަތްތައް ކުރިޔަށް ގެންދެވުމަށެވެ.
11 Mar 2025
ޚަބަރު
އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.