ޚަބަރު
ޚަބަރު
06 Mar 2025
ޚަބަރު
މަރާމާތަށް ފަހު ރަސްފަންނު ވަގުތީ ގޮތުން ހުޅުވާލައިފި
ރަސްފަންނު އާއްމުންނަށް ހުޅުވާލި އިރު، އެތަނުގެ މޫދުން ކިސަޑުގައި، ގޮނޑުދޮށުން ގިރައިގެން ގޮސްފައިވާ ސަރަހައްދުތަކަށް އަލުން ވަނީ ވެލިއަޅާފައެވެ. މީގެ އިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައެވެ.
06 Mar 2025
ޚަބަރު
ރަސްފަންނު މަރާމާތު ކުރުމަށް ކުރެވުުނު މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި
މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން ވަނީ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައެވެ.
06 Mar 2025
ޚަބަރު
ވޭޕްގެ ވިޔަފާރި ހިންގަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައި ވަނީ، މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
06 Mar 2025
ޚަބަރު
ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތް ކުރަން ވަނީ ޖެހިފައި: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، މިއަދު ދިވެހީންގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަކެއް ކަމަށެވެ.
04 Mar 2025
ޚަބަރު
ދެބިލެއް ފޮނުވި ސަބަބު ސްޓެލްކޯއިން ސާފުކޮށްދީފި
އެކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، އެއްމަހެއްގައި ދެކަރަންޓްބިލް ލިބުމުން އެކަމުގެ ޝަކުވާ ލިބެމުން އަންނާތީ ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ ކަމަށެވެ.
04 Mar 2025
ޚަބަރު
ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިރޭ 7:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުން، މުނިހޯމްކެއާ މިސްކިތް ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައި ވާކަމަށެވެ.
04 Mar 2025
ޚަބަރު
މެލޭޝިއާއިން ގެއްލިގެން ހޯދާ އުސައިދުގެ ވޮލެޓު ފެނިއްޖެ
އުސައިދު އަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އިބްރާހީމް އަފީފްގެ ދަރިއެކެވެ. އުސައިދުގެ ބައްޕަ އިބްރާހީމް އަފީފް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އުސައިދު ގެއްލުނުކަމަށް ރިޕޯޓްކުރި ދުވަހު އޭނާ މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ވޮލެޓް ބޭއްވިފައި އޮތީ އެތަނުގައިކަމަށެވެ.
04 Mar 2025
ޚަބަރު
ފަނޑިޔާރުކަމުގެ މަޤާމުން ސުޢޫދު އިސްތިއުފާ ދެއްވައިފި
ސުޢޫދުގެ ސިޓީގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާގޮތަށް ނިންމުމަށް އެ މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ އާއި ރ އާ ހިލާފަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
04 Mar 2025
ޚަބަރު
މިފްކޯގެ ސީއީއޯ މަޤާމުން ވަކިކޮށްފި
މިފްކޯގެ ސީއީއޯ ޑރ. ވިޓަލީ ލިއުބިމޯވްއަކީ، 1993 ވަނަ އަހަރު މިފްކޯ އުފެދުނީއްސުރެ މިހާތަނަށް އެކުންފުނީގެ ސީސީއޯގެ މަޤާމަށް ޢައްޔަނުކުރި ފުރަތަމަ ބިދޭސީ މީހާއެވެ. އޭނާއަކީ، މިހާރުވެސް ބަނގުރޫޓުވުމާއި ގާތުގައި އޮތް މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެމަޤާމަށް ޢައްޔަނު ކުރެއްވި ބޭފުޅެކެވެ.
03 Mar 2025
ޚަބަރު
ފްރީ ޓްރޭޑް އެގްރީމެންޓެއް އޮތަސް ދުންފަތުން ޑިއުޓީ ނަގާނެ: މިނިސްޓަރ
މިނިސްޓަރ ސަޢީދު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް، ކުރައްވާފައިވާ ސުވާލަށް ލިޔުމުން ހުށައެޅުއްވި ޖަވާބުގައެވެ. މިނިސްޓަރގެ ޖަވާބު މަޖިލީހުގެ ތަޅުމަށް ހުށައަަޅުއްވައި ދެއްވީ މަޖިލީހުގެ އަމީންޢާއްމެވެ.
03 Mar 2025
ޚަބަރު
ރޯދަމަހުގެ ފުރަތަމަ ޖަލްސާގައި ހޭދަވީ ބައިގަޑިއިރު
02 Mar 2025
ޚަބަރު
48 މީހުންނާއިއެކު ދަތުރުކުރި ލޯންޗެއް އަޑިޔަށް ހިނގައްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗު އަޑިޔަށް ގޮސް ކަނޑުނީ ލޯންޗުން ދަތުރުކުރި 45 މީހުންނާއި 3 ފަޅުވެރިން ކަމަށެވެ. އޭގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.
02 Mar 2025
ޚަބަރު
ވިއްސާރައިގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަ ޖައްސަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީކަމަށެވެ.
02 Mar 2025
ޚަބަރު
ފެންހިންދުމަށާއި ވެލިބަސްތާ ޖެހުމަށް ފުލުހުންނާއި ސިފައިން ނުކުމެއްޖެ
އިރު އޮއްސުނުފަހުން މާލެއަށް ވެހެމުންދާ ބޯވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ގޭގެއަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތައް ލިބެމުންދިޔުމާއިއެކު ސިފައިންނާއި ފުލުހުން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލޭގެ 13 ސަރަހައްދެއްގައި ޕަމްޕްތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
02 Mar 2025
ޚަބަރު
މޫސުމް ގޯސްވެ އީކޭ ފްލައިޓް ވެލާނާ އެއާޕޯޓުގައި ނުޖެއްސި 4 ގަޑިއިރު ވައިގެ ތެރޭގައި
ކޮލަމްބޯއިން މާލެއަށް ކުރާ ދަތުރުގެ ދިގު މިނަކީ، 1 ގަޑިއިރު ނަމަވެސް ފްލައިޓް ނުޖެއްސި އިތުރު 4 ގަޑިއިރު ވައިގެ ތެރޭގައި މަޑުކުރަން ޖެހުނީ މާލެ ސަރަހައްދަށް މޫސުމް ގޯސްވެ ބޯކޮށް ވާރޭ ވެހެމުން ދިޔުމާއި ގުޅިގެންނެވެ.
02 Mar 2025
ޚަބަރު
މޫސުމް ގޯސްވެ މާލެ ސަރަހައްދު އޮރެންޖް އެލާޓުގައި!
އެންމެ ފުރަތަމަ އޮރެންޖް އެލާޓް ނެރުނީ މިރޭ 21:45 އިން 00:00 އަށެވެ. އޭގެ ފަހުން ފަތިހު 3:00 އާއި ހަމައަށް އޮރެންޖް އެލާޓުގެ މުއްދަތު އިތުރު ކުރުމަށް ފަހު، ތިންވަނަ ފަހަރަަށް ހެނދުނު 7:00 އާއި ހަމައަށް އޮރެންޖް އެލާޓުގެ ވަގުުތު މިހާރު ވަނީ އިތުރުކޮށްފައެވެ.