Advertisement

ފުލުހުން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ ---

02 Mar 2025
ޚަބަރު

ފެންހިންދުމަށާއި ވެލިބަސްތާ ޖެހުމަށް ފުލުހުންނާއި ސިފައިން ނުކުމެއްޖެ

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި، ފެން ހިންދުމަށާއި ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އަދި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ފަށައިފިއެވެ.

އިރު އޮއްސުނުފަހުން މާލެއަށް ވެހެމުންދާ ބޯވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ގޭގެއަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތައް ލިބެމުންދިޔުމާއިއެކު ސިފައިންނާއި ފުލުހުން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލޭގެ 13 ސަރަހައްދެއްގައި ޕަމްޕްތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

ބޯވިއްސާރައިގެ ސަބަބުން، ހޮސްޕިޓަލުތަކުން ގެއަށް ނުދެވިފައި ތިބި މީހުން ގޭގެއަށް އުފުލައިދިނުމާއި، ފިހާރަތަކާއި ގޭގޭގައި ވެލިބަސްތާތައް ޖަހައި ދިނުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. ވެލިބަސްތާތައް ޖެހުމުގައި، ހޯމްމިނިސްޓަރ ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވެސް ވަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވާފައެވެ. ވިއްސާރަ އާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 911އަށް ގުޅުމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގެ އިތުރުން މާލެ އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ވަނީ ފެންބޮޑުވެފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.