Advertisement

އަޙްމަދު އުސައިދު ---

04 Mar 2025
ޚަބަރު

މެލޭޝިއާއިން ގެއްލިގެން ހޯދާ އުސައިދުގެ ވޮލެޓު ފެނިއްޖެ

މެލޭޝިއާގައި ގެއްލިގެން ހޯދަމުން އަންނަ، އަޙްމަދު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު، މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ފުލުހުން މެދުވެރިކޮށް އާއިލާ އާއި ހަވާލުކޮށްފައިވާ ކަމުގައި އާއިލާއިން ބުނެފިއެވެ.

އުސައިދު އަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އިބްރާހީމް އަފީފްގެ ދަރިއެކެވެ. އުސައިދުގެ ބައްޕަ އިބްރާހީމް އަފީފް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އުސައިދު ގެއްލުނުކަމަށް ރިޕޯޓްކުރި ދުވަހު އޭނާ މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ވޮލެޓް ބޭއްވިފައި އޮތީ އެތަނުގައިކަމަށެވެ.

އަދި އުސައިދު އެމްބަސީއަށް ދިޔަ ދުވަހަކީ، ބަންދު ދުވަހެއް ކަމުން އޭނާއަށް އެމްބަސީން އެދުވަހު އެއްވެސް މީހަކާއި ބައްދަލުވެފައި ނުވާކަމަށެވެ. އަދި އުސައިދު އެމްބަސީއަށް ދިޔަކަން އެންގުނީ އެމްބަސީގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ބެލުމުން ކަމުގައިވެސް އިބްރާހިމް އަފީފް ވިދާޅުވިއެވެ. އަދި އެދުވަހުގެ ސީސީޓީވީ ފުޓޭޖްތަކުން އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާ ކަމަށްވެސް އިބްރާހިމް އަފީފް ވިދާޅުވިއެވެ.

އުސައިދު މިހާތަނަށް ފެނިފައި ނުވާއިރު، އޭނާ އެމްބަސީއަށް ގޮސްފައި ވަނީ ކޮންބޭނުމަކު ކަމެއް އެނގިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.