Advertisement

މާލެއަށް ދަތުރުކުރި ލޯންޗެއް އަޑިޔަށް ދިޔުން --

02 Mar 2025
ޚަބަރު
ޢަލީ ސުލައިމާން

48 މީހުންނާއިއެކު ދަތުރުކުރި ލޯންޗެއް އަޑިޔަށް ހިނގައްޖެ

އދ. ދިގުރަށުން ފުރައިގެން 48 މީހުންނާއި އެކު މާލެއަށް ދަތުރުކުރި ލޯންޗެއް އަޑިޔަށް ގޮސް އެންމެން ކަނޑުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗު ދަތުރުކުރި 48 މީހުންގެ ތެރޭގައި ހިމެނެނީ 45 ފަސިންޖަރުންނާއި ތިން ފަޅުވެރިންނެވެ. ފަސިންޖަރުންގެ ތެރޭގައި 4 ކުޑަކުދިންވެސް ތިއްބެވެ. ފުލުހުން އިދާރާއިން ވިދާޅުވީ މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:57 ހާއިރުގައި ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗުން ދަތުރުކުރި އެންމެންވެސް ސަލާމަތްކޮށްފައިވާ ކަމަށާއި މިހާރު އެ އެންމެންވެސް އދ ދިގުރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް ދިގުރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ހުވަން ނަމަކަމަށް ކިޔާ ލޯންޗު އަޑިޔަށް ދިޔައިރު އެލޯންޗުގައި ގިނަ އަދަދެއްގެ ޓޫރިސްޓުންވެސް ތިއްބެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗު އަޑިޔަށް ދިޔަ ހާދިސާ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.