ޚަބަރު
20 Mar 2025
ޚަބަރު
އެމްޑީޕީގެ ސިލްސިލާ މުޒާހަރާތައް މެދުކަނޑާލައިފި
އެމްޑީޕީން މީގެ 12 ދުވަސްކުރިން ފެށި ސިލްސިލާ މުޒާހަރާތައް މެދު ކަނޑާލީ، ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް މާދަމާ ރެއިންފެށިގެން ފެށޭތީކަމުގައި އެޕާޓީން ވަނީ އިއުލާނުކޮށްފައެވެ. އަދި ރަމަޟާން މަސް ނިމުމާއެކު އަލުން ސިލްސިލާ މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމުގައިވެސް އެޕާޓީން މިރޭ ވަނީ އިޢުލާނުކޮށްފައެވެ.
20 Mar 2025
ޚަބަރު
ޝަހީދު ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރައްވައިފި
އަލްއުސްތާޛު ޙުސައިން ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު ޙުސައިން ޝަހީދާ ހަވާލުކޮށްދެއްވާފައެވެ.
20 Mar 2025
ޚަބަރު
ސްޓެލްކޯއިިން އިލެކްޓްރިކް ސައިކަލު ޗާޖު ކުރެވޭނެ ސިސްޓަމްތަކެއް ރާއްޖެ ގެނެސްފި
ފަޙުމީ އިތުރަށް ވިދާޅުވީ، މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ޤާއިމް ކުރެވިފައިވާ އީވީ ޗާޖިންގ ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
19 Mar 2025
ޚަބަރު
ފޮރިން މިނިސްޓަރ ޚަލީލު އިންޑިއާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި
ދެބޭފުޅުން ބައްދަލުކުރައްވާފައި ވަނީ މިހާރު ދިއްލީގައި ކުރިޔަށްދާ ރައިސީނާޑައިލޮގު 2025 ގެ ތެރެއިން މިއަދުއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
19 Mar 2025
ޚަބަރު
ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށައަޅައިފި
އަޒްމިރާލްދާ އެމައްސަލަ ހުށައެޅުއްވީ، އޭނާގެ މައްޗަށް ޖޭއެސްސީން ހިންގަމުންދާ ސުލޫކީ މައްސަލަތަކުގެ ތަހުގީގު ހިންގުމުގައި ޖޭއެސްސީގެ މެންބަރުން، އެ ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާން ކުރާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެއެވެ.
19 Mar 2025
ޚަބަރު
އައު ޓާމިނަލުގެ މަސައްކަތްތައް ރައީސް ބައްލަވާ ލައްވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އައު ޓަރމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
19 Mar 2025
ޚަބަރު
"ރައީސްގެ ޖަވާބު" އަލުން ފަށަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވަން ޖެހޭނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެއްވޭނެކަމުގައި އެ އޮފީހުން ހާމަކުރައްވާފައިވެއެވެ. އަދި "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވަމުން ގެންދަވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ކަމުގައިވެސް އެއޮފީހުން ހާމަކުރައްވާފައި ވެއެވެ.
17 Mar 2025
ޚަބަރު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން ކުއްވެރިކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އިލްތިމާސްކުރައްވާ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
17 Mar 2025
ޚަބަރު
ރޯދަމަސް ނިމުމާއިއެކު ކަރަންޓް ޚިދުމަތުގެ ޕީކް ސީޒަން ފެށޭނެ: ފަޙްމީ
ފަޙްމީ ވިދާޅުވީ، ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރުވެ ކަމަށެވެ. އަދި އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދެއްވާ ކަމުގައި ފަޙްމީ ވިދާޅުވިއެވެ.
17 Mar 2025
ޚަބަރު
އައު އިންޖީނުގެ ހުޅުވައި ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވެއްޖެ
އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ތައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސްކަންވެސް ފަޙްމީ ވަނީ ފާހަގަކުރައްވާފައެވެ.
16 Mar 2025
ޚަބަރު
ގަދަ ހޫނަށް ސަމާލުވާން މޫސުމާއި ބެހޭ އިދާރާއިން އެދިއްޖެ
އެއިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދު 11 ޖެހި އިރު މާލެ ސަރަހައްދުގައި އިޙްސާސްކުރެވޭ ހޫނުމިން ވަނީ، 37.2 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެފައެވެ. މިހާތަނަށް ރާއްޖެއަށް އިހްސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގައެވެ. އެދުވަހު މާލެ ސަރަހައްދަށް އިހްސާސްކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިސްއަށް މައްޗަށް ދިޔައެވެ.
16 Mar 2025
ޚަބަރު
ކޮޗިން އިން މާލެ އައި މޯލްޑިވިއަންގެ ފްލައިޓުގައި ކުރަފި
މިނޫހާއި މައުލުމާތު ހިއްސާކުރި ކިޔުންތެރިއަކު ބުނީ، މިއަދު މެންދުރު އިންޑިއާގެ ކޮޗިން އިން މާލެއަށް އައި ފްލައިޓްގެ ކެބިންގެ ތެރެއިން ކުރަފި ފެނުނު ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
16 Mar 2025
ޚަބަރު
ކުޑަ ގިރި ފަޅަށް މަތިންދާ ބޯޓުތައް ފައްތައިފި
މި ޑައިވް ރެކް ތަރައްގީކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއެމްޕީއާރްސީ ގުޅިގެން އެމްޓީސީސީގެ އެހީތެރިކަމާއި އެކުގައެވެ. ބޯޓުތައް މޫދަށް ފެއްތުމުގެ މަސައްކަތުގައި އެހެން ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.
16 Mar 2025
ޚަބަރު
ބޮޑު ފިރިހެނަކު ކުޑަ ފިރިހެންކުއްޖަކު ރޭޕްކޮށްފައިވާކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި
ފުލުހުުންގެ އިދާރާއިން މިހެން ވިދާޅުވީ، އުތުރުގެ އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެންގެ ކުއްޖެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހައި، ބޮޑު ފިރިހެނަކު އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައިވޭތޯ ފުލުހުންގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
16 Mar 2025
ޚަބަރު
ޑެޕިއުޓީ މޭޔަރަކަށް އަރީޝް އިންތިޚާބުކޮށްފި
ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ކުރިމަތިލެއްވީވެސް ޢަރީޝް އެކަންޏެވެ. އެހެންވެ އެމަޤާމަށް ޢަރީޝް ހޮވުމަށްޓަކައި ނަގާފައި ވަނީ، ފެންނަ ނުފެންނަ ވޯޓެއް ކަމަށާއި، ސިއްރު ވޯޓެއްގެ ގޮތުގައި ނެގި އެވޯޓުގައި ކައުންސިލްގެ 16 މެމްބަރުންވެސް ވޯޓު ދެއްވީ އަރީޝް ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ހޮވަން ފެންނަ ކަމަށް ކަމުގައި ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.
15 Mar 2025
ޚަބަރު
ރައީސް އިންޒާރު ދެއްވި މައްސަލަ ފުލުސް އޮފީހަށް ހުށައަޅައިފި
އަދަދު ނޫހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒަށް ފޯނުން ގުޅުއްވައި އިންޒާރުދީ ބިރުދައްކަވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެރޭ 19:04 ހާއިރު ފޯނުން ގުޅުއްވައެވެ.