އިމިގްރޭޝަންގެ ކޮންޓްރޯލަރ ގެ މަޤާމުން ރޭ ވަކިކުރެއްވި މުޙައްމަދު ޝަމްޢާން ވަހީދު -- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަން ކޮންޓްރޯލަރ މަޤާމުން ވަކިކޮށްފި
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަޤާމުން ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވީ ރޭގެ ދަންވަރުގެ ވަގުތުގައެވެ. ޝަމްޢާާން މަޤާމުން ވަކިކުރި ސީދާ ސަބަބެއް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.
އެހެންނަމަވެސް ޝަމްޢާން މަޤާމުން ވަކިކުރިކަމުގެ ޚަބަރު އާއްމުވުމުގެ ކުރިން ފުލުހުން ވަނީ، އިމިގްރޭޝަންގެ އޮފިސަރުންތަކަކާއި ގުޅޭ މައްސަލަތަކެއް ބަލަމުންދާކަން ހާމަކޮށްފައެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ޝަމްޢާން ޢައްޔަނުކުރައްވާފައި ވަނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ.