Advertisement

މަތިންދާ ބޯޓުތައް މޫދަށް ފެއްތުން ---

16 Mar 2025
ޚަބަރު

ކުޑަ ގިރި ފަޅަށް މަތިންދާ ބޯޓުތައް ފައްތައިފި

ކުޑަ ގިރިފަޅަށް ދެ މަތިންދާ ބޯޓު ފައްތައި ޑައިވް ސައިޓެއް ހަދައިފިއެވެ.

ކުޑަގިރި ފަޅަށް ފައްތާފައި ވަނީ ރާއްޖޭގެ ކުރީގެ ޤައުމީ އެއާލައިން، އެއާމޯލްޑިވްސްގައި ބޭނުން ކުރި، ޑޯނިއާ 228 މަރުކާގެ ދެ މަތިންދާ ބޯޓެވެ. 

ކުޑަ ގިރިފަޅުގައި ހަދާ މި ޑައިވް ސައިޓަކީ، ރާއްޖޭގައި ހަދާ މިފަދަ ފުރަތަމަ ސައިޓެވެ. މިތަން ޚާއްޞަކޮށްފައި ވަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަރާތްތަކަށެވެ.

މި ޑައިވް ރެކް ތަރައްގީކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއެމްޕީއާރްސީ ގުޅިގެން އެމްޓީސީސީގެ އެހީތެރިކަމާއި އެކުގައެވެ. ބޯޓުތައް މޫދަށް ފެއްތުމުގެ މަސައްކަތުގައި އެހެން ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މި މަތިންދާ ބޯޓުތައް މޫދަށް ފައްތާފައި ވަނީ، އޮޔާއި ރާޅަށް ނުގުޑާނޭ ގޮތަށް އޭގައި ކޮންކްރީޓް ފައިތަކެއް ހަރުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.