Advertisement

ޖޭއެސްސީގެ މެމްބަރުން --

19 Mar 2025
ޚަބަރު

ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށައަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށައަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.

އަޒްމިރާލްދާ އެމައްސަލަ ހުށައެޅުއްވީ، އޭނާގެ މައްޗަށް ޖޭއެސްސީން ހިންގަމުންދާ ސުލޫކީ މައްސަލަތަކުގެ ތަހުގީގު ހިންގުމުގައި ޖޭއެސްސީގެ މެންބަރުން، އެ ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާން ކުރާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެއެވެ.

އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް އަޒްމިރަލްދާގެ ފަރާތުން ހުށައަޅުއްވާފައި ވަނީ އާދީއްތަ ދުވަހުގައެވެ.

ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ކުއްލިއަކަށް ޖޭއެސްސީން ބަލަން ފަށައި އެފަނޑިޔާރުން ސަސްޕެންޑްކޮށްފައި ވަނީ، ސަރުކާރުން ޖޭއެސްސީއަށް ނުފޫޒު ފޯރުވައިގެން ކަމުގައި ފަނޑިޔާރުންނާއި، އާއްމު ރައްޔިތުން އަދި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ އެހެން ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އަދި ސަރުކާރުން ބޭނުންވާ ގޮތަށް ޤާނޫނާއި ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ޖޭއެސްސީން އަމަލުކުރަމުން އަންނަ ކަމުގައިވެސް އަޒްމިރާލްދާ ހުށައެޅުއްވި މައްސަލަގައި ބަޔާންކޮށްފައިވެއެވެ.

މިމައްސަލަ ހުށައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.