Advertisement

މިއަދު މެންދުރު އެންމެ ހޫނު ގަދަވި ވަގުތު އެޗްޑީސީ މުވައްޒަފުން ގަސްތަކަށް ފެންދިނުމުގައި --- ފޮޓޯ: ނޫން.އެމްވީ

16 Mar 2025
ޚަބަރު

ގަދަ ހޫނަށް ސަމާލުވާން މޫސުމާއި ބެހޭ އިދާރާއިން އެދިއްޖެ

ރާއްޖެއަށް މިދުވަސްވަރު ހޫނު ގަދަވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާާރާއިން އެދިއްޖެއެވެ. 

އެއިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދު 11 ޖެހި އިރު މާލެ ސަރަހައްދުގައި އިޙްސާސްކުރެވޭ ހޫނުމިން ވަނީ، 37.2 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެފައެވެ. މިހާތަނަށް ރާއްޖެއަށް އިހްސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގައެވެ. އެދުވަހު މާލެ ސަރަހައްދަށް އިހްސާސްކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިސްއަށް މައްޗަށް ދިޔައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހިއުމިޑިޓީ މަތިވުމުގެ ސަބަބުން މިދުވަސް ރާއްޖޭގައި އިޙްސާސްކުރެވޭ ހޫނުމިން މަތިވަމުން އަންނަ ކަމަށެވެ. މިގޮތުން ކޮންމެ އަހަރެއްގެވެސް ރާއްޖޭގައި އެންމެ ހޫނު ގަދަ މަހަކީ، އޭޕްރީލް މަސް ކަމުގައި ފާހަގަކުރެވިފައިވާ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މިދުވަސްވަރު އެންމެ ހޫނު ގަދަވާނީ މެންދުރު ފަހު 1 އިން 2 އާއި ދެމެދުގައި ކަމަށާއި އެހެން ނަމަވެސް އުޑުމަތީގައި ވިލާ ހުންނަ ގޮތަކުން އެވަގުތަށް ބަދަލު އައުން އެކަށީގެންވާ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.