Advertisement

ހެންވޭރު ސަހަރާގައި ހަދާފައިވާ ޝަހީދުންގެ ބިސްތާނު -- ފޮޓޯ: ސޯޝަލްމީޑިއާ

20 Mar 2025
ޚަބަރު

ނޮވެމްބަރު 3ގެ ޝަހީދުންގެ އާއިލާތަކުގެ މެމްބަރުންގެ އުމުރު ދުވަހަށް އިނާޔަތްދޭން ނިންމައިފި

މީގެ 36 އަހަރު ކުރިން، ހިނގި ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ޝަހީދުންގެ އާއިލާތަކުގެ މެމްބަރުންނަށް އުމުރު ދުވަހަށް ފައިސާގެ އިނާޔަތް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެފަރާތްތަކަށް ފައިސާގެ އިނާޔަތްތައް ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދެކެވެ. މިއަދު ޑިފެންސް މިނިސްޓްރީން ވަނީ އެ އިނާޔަތް ދިނުމާއި ގުޅޭ އުސޫލުތައް ގެޒެޓުކޮށްފައެވެ.

މި އުސޫލުގައިވާ ގޮތުން، އެ އިނާޔަތް ދޭނީ، ޝަހީދުވި މީހާގެ މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާއަށެވެ. އަދި މިމީހުންގެ ތެރެއިންވެސް ޢިނާޔަތްދޭނީ މިހާރު ދުނިޔޭގައި ތިބި ފަރާތްތަކަށެވެ. އަދި މިއިނާޔަތް ދޭންފަށާއިރު ދުނިޔޭ ތިބި މީހުންގެ ތެރެއިން މީހަކު ނިޔާވެއްޖެނަމަ އެހިސާބުން އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ ކަމުގައިވެސް އުސޫލުގައި ބަޔާންކޮށްފައިވެއެެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން މިއިނާޔަތްދޭނީ ކެޓަގަރީތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ނޮވެމްބަރު 3ގައި ޝަހީދުވި ކޮންމެ މީހެއްގެ އާއިލާގެ މެމްބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި ކޮންމެ މެމްބަރަކަށް 9000ރ ގެ ޢިނާޔަތެއް ސަރުކާރުންދޭނެއެވެ.

މީގެ އިތުރުން ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން، އެކި މެޑަލްތައް ލިިބިވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ފައިސާގެ އިނާޔަތް ދެއްވާނެއެވެ.

މިގޮތުން މި ޢިނާޔަތްދޭނީ؛

- ހުރަވީ ރަން މެޑަލް ލިބިވަޑައިގެންނެވި ސިފައިންނަށް މަހަކު، 9000ރ.

- ހުރަވީ ރިހި މެޑަލް ލިބިވަޑައިގެންނެވި ސިފައިންނަށް މަހަކު، 8000ރ.

- ހިތްވަރު ގަދަކަމުގެ ކުލަ ލިބިވަޑައިގެންނެވި ސިފައިންނަށް މަހަކު، 8000ރ.

1988 ވަނަ އަހަރު ގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ތަމަޅަ ޓައިގަރުންގެ ބަޔަކު ގުޅިގެން ހަތިޔާރާއި އެކު މާލެއަރައި ދިން ޢުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ ތެރެއިން 8 ބޭކަލުންނާއި، އާއްމުންގެ ތެރެއިން 11 މީހުން ޝަހީދުވިއެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާއަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަށް 37 އަހަރު ފުރޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.