Advertisement

ކުރީގެ ބަންޑާރަނައިބު އައިޝަތު ޢާޒިމާ ޝަކޫރު --- ފޮޓޯ: ސޯޝަލް މީޑިއާ

15 Mar 2025
ޚަބަރު

ރައީސްގެ ދޮށީ ދަރިކަލުންނާއި ގުޅުވައި ދޮގުވާހަކަ ފަތުރާތީ ކޯޓަށް ދަނީ

ރައީސްގެ ދޮށީ ދަރިކަލުންނާއި ގުޅުވައި، އެމްޑީޕީގެ ބައެއް ފަރާތްތަކުން ދައްކަވާފައިވަނީ ހަޤިޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، ކޯޓަށް މައްސަލަ ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތުން ނެރުއްވި ބަޔާން މީޑިއާއަށް ހާމަކުރެއްވީ، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން އެޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ކޯޓަށްދާން ފަސްޓްލޭޑީ ސާޖިދާ ނިންމެވީ، ވޭޕް މަނާކުރެއްވީ، ރައީސްގެ ދޮށީ ދަރިކަލުން ވޭޕް ހިއްޕަވާތީ ކަމަށް ވިދާޅުވެ އެ ދެބޭފުޅުން ދެއްކެވި ވާހަކަތަކާއި ގުޅިގެންކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މެޑަމް ސާޖިދާގެ ފަރާތުން ނެރުއްވި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާގެ ބޭފުޅުންނަށް އަމާޒު ކުރަމުން އަންނަ ފުރައްސާރަ އާއި ގަނާކުރުމުގެ އަމަލުތަކުގެ ސަބަބުން އެކުދިންގެ މުސްތަޤުބަލަށް ނޭދެވޭ އަސަރުތައް ކުރާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން ފަތުރާ ސާބިތެއް ނެތް އެވާހަކަތަކަކީ، ޖިނާޢީ ދައުވާއެއް އުފުލޭނެ ދަޢުވާތަކެއް ކަމަށެވެ. އަދި އެމައްސަަލަ ދިރާސާކުރަމުންދާ ކަމުގައިވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.