Advertisement

އަތޮޅުތަކުގައި އިމާރާތް ކުރާ މިސްކިތްތަކުގެ ކުރެހުމެއް --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

20 Feb 2025
ޚަބަރު

ހަ ރަށެއްގައި އިމާރާތް ކުރާ މިސްކިތްތަކުގެ ކުރެހުންތައް ދައްކާލައިފި

މިއަހަރު ހަރަށެއްގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖައްސާފައިވާ މިސްކިތްތައް ހުންނާނެ ގޮތުގެ ކުރެހުންތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާއްމު ކުރައްވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދާ އެއް ގޮތަށް އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި މިއަހަރު އިމާރާތްކުރާ މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެކަމަށެވެ. 

އަދި މިމިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ތިން ސައިޒެއްގެ މިސްކިތް ކަމަށާއި އެއީ 300، 500، 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތް ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. 

މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކުގައި ކަމަށާއި، މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މި މިސްކިތްތައް ކުރަހާފައިވަނީ ރިޔަން އިން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމުގައިވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި މިސްކިތްތައް ޢިމާރާތް ކުރުމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ރޯދައިގެ ފަހުން ފެށިގެންދާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.