ޚަބަރު
ޚަބަރު
11 Feb 2025
ޚަބަރު
ތިލަފުށީގައި ހުރި އެމްޑަބުލިޔުއެސްސީގެ ފެންތާނގީއެއް ފަޅައިގެން ހިނގައްޖެ
11 Feb 2025
ޚަބަރު
ވިލުފުށީގައި މީހަކު ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ ދަންވަރު 12:05 ހާއިރުގައި ކަމަށެވެ. މައްސަލަ ރިޕޯޓްކޮށްފައި ވަނީ މީހަކު ސިހުރު ހަދާފައިވާކަމަށް ބެލެވޭ އެއްޗެހިތަކެއް އެރަށުގެ ކެފޭއެއްގެ ކުރިމައްޗަށް އަޅާފައިވާ ކަމަށް ބުނެއެވެ.
10 Feb 2025
ޚަބަރު
މަރުވި ބިދޭސީ މީހާ ބޯމަތިން ދިޔަ ސައިކަލު ދުއްވި ސްޕީޑް 10 ދުވަސްވީ އިރުވެސް ދެނެގަނެވިފައެއް ނުވޭ!
ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، މިއަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޖާވިދު ޗައުދަރީ (30އަހަރު) ކަމަށެވެ. އޭނާ މަރުވާން ދިމާވީ، ހައިވޭގެ އަރިމަތީގައި ބަހައްޓާފައިވާ ކޯނެއްގައި އޭނާ ދުއްވި ސައިކަލު ޖެހި އޭނާ ވެއްޓުނު ވަގުތު އޭނާގެ ބޯމަތިން ދިޔަ ސައިކަލުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ކަމުގައި ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
10 Feb 2025
ޚަބަރު
ސްޓެލްކޯ ހިޔާގެ ޓަވަރެއް 9 ވަނަ ފަންގިފިލާއިން ވެއްޓި މީހަކު މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 2ގައި ހުންނަ ސްޓެލްކޯ ހިޔާ ޓަވަރަކުން ވެއްޓި މަރުވެފައި ވަނީ، ހެންވޭރު ގިނިރާހި އާގޭ، އިބްރާހީމް ޝަރަފް (24އ)ކަމަށެވެ. އޭނާ އެ އިމާރާތުން ވެއްޓުނު ކަމަށް ބެލެވެނީ މިއަދު 16:00 ހާއިރުގައެވެ. އެހެން ނަމަވެސް ހާދިސާ ހިނގި ވަގުތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
10 Feb 2025
ޚަބަރު
މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް އިންޑިއާއަށް ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ، އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް މިހިނގާ ފެބްރުވަރީމަހުގެ 10 އިން 14 އަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޢަބްދުއްރަހީމްގެ އަރިހުގައި، މަޖިލީހުގެ އިތުރު 9 މެމްބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.
10 Feb 2025
ޚަބަރު
ރޯދަމަހު އުމުރާއަށްދާ މީހުންނަށް ޑެބިޓްކާޑުން އިތުރު 1500 ޑޮލަރުގެ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، 1446 ވަނަ އަހަރު (މިއަހަރު)ގެ ރަމަޟާންމަހު ޢުމްރާއަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި MMA އަށް ދަންނަވަވާފައިވާ ކަމަށެެވެ.
10 Feb 2025
ޚަބަރު
ހައިވޭ އާ ބުރިޖު ނޫންތަނެއްގައި ހެލްމެޓް އަޅައިގެން އުޅޭނަމަ ހުއްޓުވައި ސުވާލު ކުރަނީ!
ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި ހިދުމަތް ދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަން އަނެއްކާވެސް ފުލުހުންނަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.
09 Feb 2025
ޚަބަރު
ހދ. އަތޮޅުގައި މަޝްރޫޢުތައް ކުރިޔަށްދާ ގޮތް މިނިސްޓަރ ޑރ މުއްޠަލިބު ބައްލަވާލައްވައިފި
މި ހަފްތާގެގައި މިނިސްޓަރ މުއްޠަލިބު ވަނީ ހދ. މަކުނުދޫއަށާއި ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. މަކުނުދޫއަށް މިނިސްޓަރ ވަޑައިގެން ބޭއްވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ހިތްހަމަ ނުޖެހި ޝުއޫރު ފާޅުކޮށްފައިވެއެވެ.
09 Feb 2025
ޚަބަރު
މަސްތުވެފައި ހުރިކަމަށް ހީކޮށް ސްޓްރޯކެއް ޖެހުނު މީހަކު ފަރުވާއެއް ނުދީ 6 ގަޑިއިރު ފުލުހުންގެ ބަންދުގައި ބަހައްޓައިފި
އިއްޔެ 10:13ގައި ހިނގި އެކްސިޑެންޓާއި ގުޅިގެން އެމީހާ ފުލުހުންގެ ބަންދަށް ގެންދިޔުމަށްފަހު ދޫކޮށްލާފައި ވަނީ، ހަވީރު، 17:28ގައި ޔޫރިން ޓެސްޓްކޮށް ނެގެޓިވް ވުމުންކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެމިހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށުނީ އޭގެ ފަހުންނެވެ. އަދި މިހާރު އެމީހާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމުގައި އާއިލާގެ ފަރާތުން ބުނެފައިވެއެވެ.
09 Feb 2025
ޚަބަރު
މ. ޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
އެ އޮތޯރިޓީން ވިދާޅުވެފައިވާ ގޮތުގައި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ، މ. ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ދެ ގެއެއްގެ މައި ފެންހޮޅިއަށްއަށް ގެއްލުން ލިބިފައިވާތީ އެ ދެގޭގައި ދިރިއުޅެމުން އައި މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 20 ބިދޭސީންނާއި 32 ދިވެހީންނެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ، އެ ދެގޭގެ ފެންހޮޅިތައް މަރާމާތު ކުރެވެންދެން ކަމުގައިވެސް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.
09 Feb 2025
ޚަބަރު
މެރިން ރިސާޗް ސެންޓަރުގައި 40 އަހަރު ޚިދުމަތް ކުރެއްވި ޝަކީލް ނިޔާވެއްޖެ
ޝަކީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، މުޙައްމަދު ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
09 Feb 2025
ޚަބަރު
ރައީސް ވިދާޅުވީ އިންތިޚާބުން ލިބުނީ ބޮޑު ކާމިޔާބެއް ކަމަށް!
ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގެ 33 ގޮނޑި އެޕާޓީއަށް ކާމިޔާބު ކުރެވުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓުގައެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިޚާބަކާއި ނުލައި 24 ގޮނޑި އަނދި އިންތިޚާބުގައި ވާދަކޮށް 9 ގޮނޑި އެޕާޓީއަށް ލިބުމަކީ ކާމިޔާބީއެއް ކަމަށެވެ.
09 Feb 2025
ޚަބަރު
ރޯދަމަހު ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ހާމަކޮށްފި
އެމިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށެވެ. އަދި، ރޯދަމަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 ޖެހުމާއި ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
09 Feb 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫއޭއީއަށް ފުރާވަޑައިގެންފި
ޔޫއޭއީގައި ފެބްރުއަރީ މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓް ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.
07 Feb 2025
ޚަބަރު
ދެމައިންގެ މަރަށް ސަރުކާރުން ޒިންމާ އުފުލަން ޖެހޭނެ: އެމްޑީޕީ
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، ދެމައިން ނިޔާވި ހާދިސާގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ކަމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބެލެވެއެވެ. އަދި ހަމަ އެއާއެކު ބަލިމީހެއް ބަލާ ދާ އެއަރ އެމްބިއުލަންސްއެއްގައި ފަރުވާދިނުމަށް ބޭނުންވާ ސިއްޙީ އާލާތްތައް ނެތި، އޮކްސިޖަން ދެވޭނެ ގޮތެއް ނެތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
07 Feb 2025
ޚަބަރު
ދެމައިން މަރުވި މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް ހިންގަނީ
އިޙްސާން ވިދާޅުވީ އެކަމުގައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފައި ކަމަށެވެ. ދެމައިން ނިޔާވެ ދިޔަ ހާދިސާގައި ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލު އޮތްކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.