Advertisement

މުޙައްމަދު މާޖިދު (މެޒޯ މޯޑް)

12 Feb 2025
ޚަބަރު

ކުޅަދާނަ މިޔުޒީޝަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެ

ކުޅަދާނަ މިޔުޒީޝަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެއެވެ.

ދިމާވި ކުއްލި ސިއްޙީ މައްސަލައަކާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެުން ދަނިކޮށް އޭނާ ނިޔާވީ މިއަދުގެ ހަވީރުގައެވެ. ނިޔާވި އިރު އުމުރަކީ 60 އަހަރެވެ.

މެޒޯ މުހައްމަދަކީ، މޮޅު ގިޓަރިސްޓެކެވެ. އަދި އަމިއްލައަށް ލިރިކްސް ލިޔެ ލަވަތައް ކިޔާފައިވެއެވެ. މެޒޯ މުހައްމަދުގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ލަވަ"ވިސްނާ، ވިސްނާ، ބޮލުގައި ރިއްސާ" މިލަވައަކީ، ބޭރުގެ ޗެނަލަކުން ފުރަތަމަ ބްރޯޑްކާސްޓް ކުރި ދިވެހި ލަވައެވެ. މީގެ އިތުރުން، "އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަ ގުނާ"، "ކަމަނަ ގޯތީ އާދަނުތާއޭ، އާގޮތަކަށް އޮޑިބޭލީ" "މާކަނޑުގެ މެދުތެރޭ ވާހަމަ ހިމޭން ކަމޭ" ފަދަ ލަވަތަކަކީ ފާހަގަކޮށްލެވޭ ލަވަތަކެވެ. 

މިޔުޒިކީ ފަންނުގައި ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލް ކުރުމުގައިވެސް މެޒޯ މޯޑްގެ ބައިވެރިވުން ބޮޑެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބޭރުގެ އެކިއެކި ފެއާތަކުގައި ބައިވެރިވެ މިޔުޒިކާއި ލަވަ ހުށަައަޅުއްވާފައިވެއެވެ. އެފަންނުގައި އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ އަމިއްލަ ދިވެހި ރާގުތައް އުފެއްދުމަށް މަސައްކަތް ކުރެއްވި ފަންނާނެއްގެ ގޮތުގައެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ލަވަޔާއި މިޔުޒިކުގެ ދާއިރާއިން އާއްމު ޚިދުމަތުގެ ހިއްވަރު ދިނުމުގެ އިނާމްވެސް މުހައްމަދަށް ވަނީ ދެއްވާފައެވެ. 

މިޔުޒިކީ ފަންނުގެ އިތުރުން ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި އެޕާޓީއާއެކު ސީދާ ހަރަކާތްތަކުގައި ކުރީ ސަފުގައި މުހައްމަދު ބައިވެރިވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.