Advertisement

ވިލުފުށި ---

11 Feb 2025
ޚަބަރު

ވިލުފުށީގައި މީހަކު ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ކޮޅުމަޑުލު ވިލުފުށީގައި މީހަކު އެރަށުގެ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ ދަންވަރު 12:05 ހާއިރުގައި ކަމަށެވެ. މައްސަލަ ރިޕޯޓްކޮށްފައި ވަނީ މީހަކު ސިހުރު ހަދާފައިވާކަމަށް ބެލެވޭ އެއްޗެހިތަކެއް އެރަށުގެ ކެފޭއެއްގެ ކުރިމައްޗަށް އަޅާފައިވާ ކަމަށް ބުނެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް ތުހުމަތު ކުރެވޭ މީހާއާއި މެދު އަމަލު ކުރި ގޮތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ސިހުރި ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ދޭތެރެ ދޭތެރެއިން ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ފުލުހުން ޕީޖީއަށްވެސް ހުށައަޅާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.