Advertisement

މިނިސްޓަރ ޑރ. މުއްޠަލިބު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ---

09 Feb 2025
ޚަބަރު

ހދ. އަތޮޅުގައި މަޝްރޫޢުތައް ކުރިޔަށްދާ ގޮތް މިނިސްޓަރ ޑރ މުއްޠަލިބު ބައްލަވާލައްވައިފި

ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތައް ކުރިޔަށްދާ ގޮތް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ ޢަބްދުﷲ މުއްޠަލިބު ބައްލަވާ ލައްވައިފިއެވެ.

މި ހަފްތާގެގައި މިނިސްޓަރ މުއްޠަލިބު ވަނީ ހދ. މަކުނުދޫއަށާއި ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. މަކުނުދޫއަށް މިނިސްޓަރ ވަޑައިގެން ބޭއްވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ހިތްހަމަ ނުޖެހި ޝުއޫރު ފާޅުކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، މިނިސްްޓަރ ޑރ. ޢަބްދުالله މުއްޠަލިބް، ހދ. ކުޅުދުއްފުށްޓަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ޒިޔާރަތް ކުރައްވައި، ހދ. ކުޅުދިއްފުށީގެ މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތް ކުރިއަށްދާ ސައިޓަށާއި 400 ހައުސިން ޔުނިޓް ކުރިއަށް ގެންގޮސްފައިވާ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައި ކަމަށެވެ. އަދި ކުޅުދުއްފުށީގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށް ގިރާ ހިސާބާއި އަދި ބަނދަރަށް ކުރިމަތިވެފައިވާ މައްސަލަތައް ވެސް މިނިސްޓަރ ބައްލަވާލެއްވި ކަމުގައި އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ކުޅުއްދުފުށި އުތުރު ދާއިރާ މެންބަރު މުޙައްމަދު ދާއޫދާއި ހދ. ކުޅުދުއްފުށި ކައުންސިލު މެންބަރުންނާއެކު ފާހަގަކުރެވުނު މައްސަލަތަކަށް ގެނެވޭނެ ޙައްލުތަކާބެހޭގޮތުން މިނިސްޓަރ މަޝްވަރާކުރެއްވި ކަމުގައިވެސް އެމިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.