ހަސަން ޝަކީލް --
މެރިން ރިސާޗް ސެންޓަރުގައި 40 އަހަރު ޚިދުމަތް ކުރެއްވި ޝަކީލް ނިޔާވެއްޖެ
މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި)ގައި 40 އަހަރު ހިދުމަތް ކުރެއްވި ހަސަން ޝަކީލް ނިޔާވެއްޖެއެވެ.
ޝަކީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، މުޙައްމަދު ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
އަދި ޝަކީލަކީ، މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭކަލެއްކަން ރައީސް ފާހަގަކުރައްވާފައި ވެއެވެ.
ޝަކީލުގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހުގައި، މާލޭ އާސަހަރާ ގައެވެ.