Advertisement

ފުލުހުންގެ އިދާރާ --

10 Feb 2025
ޚަބަރު

މަރުވި ބިދޭސީ މީހާ ބޯމަތިން ދިޔަ ސައިކަލު ދުއްވި ސްޕީޑް 10 ދުވަސްވީ އިރުވެސް ދެނެގަނެވިފައެއް ނުވޭ!

މިމަހުގެ 1 ވަނަ ދުވަހު ހުޅުމާލެ އާއި ސިނަމާލެ ބުރިޖު ގުޅުވައިދޭ ހައިވޭ މަތީގައި ހިނގި އެކްސިޑެންޓްގައި މަރުވި ބިދޭސީ މީހާގެ ބޯމަތިން ދިޔަ ސައިކަލު ދުއްވި ސްޕީޑް މިހާތަނަށް ދެނެގަނެވިފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، މިއަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޖާވިދު ޗައުދަރީ (30އަހަރު) ކަމަށެވެ. އޭނާ މަރުވާން ދިމާވީ، ހައިވޭގެ އަރިމަތީގައި ބަހައްޓާފައިވާ ކޯނެއްގައި އޭނާ ދުއްވި ސައިކަލު ޖެހި އޭނާ ވެއްޓުނު ވަގުތު އޭނާގެ ބޯމަތިން ދިޔަ ސައިކަލުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ކަމުގައި ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބިދޭސީ މީހާގެ ބޯމަތިން ދިޔަ ސައިކަލު ދުއްވި އަންހެންމީހާގެ ވަނަވަރު ހާމަނުކޮށް ފުލުހުންގެ އިދާރާއިން ނެރުނު މިބަޔާނުގައި ވިދާޅުވެފައި ވަނީ އެއަންހެން މީހާގެ ލައިސަންސް ހިފަހައްޓައި ސައިކަލުވެސް ޓޯވކޮށްފައި ވާކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފަހައްޓާފައިވާ މުއްދަތުވެސް އިތުރުކޮށްފައިވާކަމަށާއި، އަންހެންމީހާ ސައިކަލް ދުއްވި ސްޕީޑް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަަލައިގެ ތަޙްޤީޤު ފުރިހަމަކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.