ޚަބަރު
16 Feb 2025
ޚަބަރު
ބައު މުސްޙަފްތައް ސިޓީ ކައުންސިލުން ބަލައިގަންނަން ފަށައިފި
ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، ގޭގެއިން ގެންނަ އެފަދަ ތަކެތި އެ އިދާރާއަށް ބަލައިގަތުމުގެ އިންތިޒާމް، 16 ފެބުރުވަރީ 2025 ން 28 ފެބުރުވަރީ 2025 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް އެ އިދާރާގެ ވޭސްޓް ސެކްޝަންގައި ވަނީ ހަމަޖައްސާފައެވެ.
16 Feb 2025
ވިޔަފާރި
އެމްޓީސީސީގެ ސީއީއޯގެ މަޤާމަށް ޝިނާން ޢަލީ
ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެމްޓީސީސީގެ ބޯޑު މެމްބަރުކަން އޭނާ ވަނީ ކުރައްވާފައެވެ. އަދި އެކުންފުނީގެ ބޯޑަށް ޝިނާން ހަމަޖައްސަވައިފައިވާކަން އެމްޓީސީސީން ހާމަކުރައްވާފައި ވަނީ މި ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
16 Feb 2025
ޚަބަރު
ދިހަ މަސްފަހުން އަނެއްކާވެސް އަހާ ފޯރަމެއް ބާއްވައިފި
ސަރުކާރުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބާއްވަވާ 'އަހާ' ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާވެސް އެއް ފަހަރު ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު އެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ އެންމެ ފަހަރަކުއެވެ. އެއީ މީގެ އެއް އަހަރު ކުރިންނެވެ.
14 Feb 2025
ޚަބަރު
އެގާރަ އަހަރުވާންދެން މަހަކު 83000ރ ބޭންކަށް ދައްކަން މުހައްމާގެ މައްޗަށް ޙުކެއް
މުޙައްމާގެ މައްޗަށް މިޙުކުމް އިއްވާފައި ވަނީ ސިވިލްމޯޓުން މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭނާގެ މައްޗަށް މިޙުކުމް އިއްވާފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭނާ ނަގާފައިވާ، ލޯނަކަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާ ހޯދުމަށް ބޭންކުން ސިވިލްކޯޓުގައި ކޮށްފައިވާ ދައުވާ އާއި ގުޅިގެންނެވެ.
14 Feb 2025
ޚަބަރު
ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތާއި މެދު ހިތާމަކުަރައްވާ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރަސްފަންނާއި ސަލްޓަންޕާކަކީ، އެމަނިކުފާނު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު ތަރައްޤީ ކުރެއްވި ތަންތަނެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އެމަނިކުފާނު ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ މާލޭގެ މޭޔަރު ކަމުގެ މަޤާމުގައިކަމަށް ވާއިރު އޭރުންފެށިގެން މަރާމާތު ނުކުރެވި ރަސްފަންނާއި ޕާކުތައް ދިޔައީ ހަލާކުވަމުންނެވެ.
14 Feb 2025
ޚަބަރު
ކާފަ ދަރިފުޅާއި ބެހިގެން އުމުރަށް ޖަލަށްލާފައި ހުރި މީހާ ރޭ މަރުވެއްޖެ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމްއިން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތެް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށެެވެ. އަދި އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ކަނޑައަޅާފައި ވަނީ ރޭގެ 2:40 ގައި ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވިއެވެ.
14 Feb 2025
ޚަބަރު
ގްލޯބަލް ގަވަމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި
މި ސެޝަންގައި ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު ހިޒް އެކްސެލެންސީ މުޙައްމަދު ޔޫނުސް ވަނީ ސެޝަންގެ ބައިވެރިންނާ، މުޚާޠިބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ހިޒް އެކްސެލެންސީ މުޙައްމަދު ޔޫނުސްގެ ވާހަކަފުޅުގައި، ދުނިޔޭގެ ސިޔާސީ ކަންކަމާ ގުޅުންހުރި ތަފާތު ގޮންޖެހުންތަކާއި، ބަންގްލަދޭޝްގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގެ މުހިންމުކަމާއި، އާ ސަރުކާރުން ބަންގްލަދޭޝްގެ އިޤްތިޞާދު އާރާސްތުކުރުމަށް ބޭނުންވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
14 Feb 2025
ޚަބަރު
މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް މަޑުކުރާނެ ކަމެއް ނޫން: ނައިބު ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ފަދައިން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.
13 Feb 2025
ޚަބަރު
ދައުރު ކުރުކޮށްލައި ރޯދަމަހު މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ދިޔުމަށް ފާސްކޮށްފި
ރިފާޢު ހުށައެޅުއްވި އިސްލާޙްގައި މަޖިލީހުގެ ފުރަތަމަ ދައުރަކީ ޖެނުއަރީމަސް ކަމުގައި ކަނޑައެޅުމާއި އެކު، ދެވަނަ ދައުރާއި ތިންވަނަ ދައުރު ދިގުކޮށްލުމަށް ހުށައަޅާފައިވެއެވެ. މިގޮތުން، ދެވަނަ ދައުރު އޭޕްރިލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އަދި ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުމަހުގެެ ނިޔަލަށް އޮންނަ ގޮތަށް ބަދަލު ކުރުމަށް ހުށައަޅާފައިވެއެވެ.
13 Feb 2025
ޚަބަރު
މެމްބަރު ޝިނާނުގެ ގޮނޑި ގެއްލިފައިވާ ބުނެ ސްޕްރީމް ކޯޓަށް
މައްސަލަ ހުށައެޅި ފަރާތުން ފާހަގަކޮށްފައި ވަނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ދެއްކުމަށް މިދިޔަ އަހަރު އޮކްޓޫބަރު މަހު، ހިތަދޫ ކޯޓުން ސިނާނާއި އެހެން ބައެއްގެ މައްޗަށް ޙުކުމް ކޮށްފައި ވާއިރު އެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށެވެ.
13 Feb 2025
ޚަބަރު
މެޒޯ މޯޑުގެ ޖަނާޒާ ބާއްވައި ހަށިގަނޑު އާސަހަރާގައިވަޅުލައިފި
މެޒޯ މޯޑްގެ ޖަނާޒާގައި ކުރީގެ ރައީސުންނާއި ވަޒީރުންނާއި އާއިލާގެ ބޭބޭފުޅުންގެ އިތުރުން އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިއެވެ. ވަރަށް ކުއްލި ގޮތަކަށް އޭނާ ނިޔާވީ އިއްޔެ ހަވީރު ހާޓް އެޓޭކެއް ޖެހިގެންނެވެ. މެޒޯ މޯޑް ނިޔާވުމުގެ ހިތާމައިގައި މިހާރުގެ ރައީސާއި ކުރީގެ ރައީސުންވެސް ވަނީ އެއާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
13 Feb 2025
ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެމައިން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56) އާއި ފާޠިމަތު މާޔާ (25) އެވެ. މިދެމީހުންނަކީ ދެމައިންކަން ހަނިމާދޫއިން ވާހަކަދެއްކި މީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
13 Feb 2025
ޚަބަރު
މަސްތުވާތަކެތީގެ މައްސަލަތަކުަގައި މިދިޔަ އަހަރު 20 މީހަކު އުމުރަށް ޖަލަށްލާފައިވޭ!
ހުސްވި އަހަރު އެކޯޓުން ނިމުނު މައްސަލަތަކާއި ގުޅޭ ގޮތުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު 20 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައި ވާއިރު މަސްތުވާތަކެތީގެ 137 މައްސަލަ މިދިޔަ އަހަރު އެކޯޓުން ނިންމާފައިވާ ކަމަށެވެ. އެކޯޓުން ނިންމި މައްސަލަތަކުގެ ތެރެއިން %95 ދައުވާތަކުގައި، ކުށުގެ ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމުގައިވެސް އެކޯޓުން ހާމަކުރައްވާފައިވެއެވެ.
13 Feb 2025
ޚަބަރު
ރޯދަމަހަށް މަޖިލިސް ބަންދުކޮށް ރިޔާސީ ބަޔާން އިއްވުން ޖެނުއަރީއަށް!
މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލިސް ހުޅުވަނީ، ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ. އަދި ރިޔާސީ ބަޔާން ހުށައަޅަން ޖެހެނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާގައެވެ.
13 Feb 2025
ޚަބަރު
ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން ވަނީ އޮޅުވާލާފައި: ފައްޔާޒު
ފައްޔާޒު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ.
12 Feb 2025
ޚަބަރު
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއެއް ނިޔާވެއްޖެ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ ، މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު އޭނާ ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށެވެ. އަދި ޑޮކްޓަރުާއިރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވިއެވެ.