Advertisement

ރަސްފަންނު -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

14 Feb 2025
ޚަބަރު

ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތާއި މެދު ހިތާމަކުަރައްވާ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްފަންނާއި ސަލްޓަންޕާކަކީ، އެމަނިކުފާނު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު ތަރައްޤީ ކުރެއްވި ތަންތަނެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އެމަނިކުފާނު ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ މާލޭގެ މޭޔަރު ކަމުގެ މަޤާމުގައިކަމަށް ވާއިރު އޭރުންފެށިގެން މަރާމާތު ނުކުރެވި ރަސްފަންނާއި ޕާކުތައް ދިޔައީ ހަލާކުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްފަންނާއި ސަލްޓަންޕާކު ވީރާނާވަމުންދާކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި މިއަދު އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށާއި އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

ރަސްފަންނު ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާއެވެ. ރަސްފަންނު ހަލާކު ވަމުންދާތީއާ އެތަން މަރާމާތު ނުކުރާތީ މާލޭ ސިޓީކައުންސިލުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
އިއްބެ
އަމިއްލަވެރިކަމުގައި 14 މަސްވީއިރު އެއްވެސްކަމެއްނުކޮށް އެއްޗެއްވިދާޅުނުވެހުރެފައި ދެންމިއަދުތިޔަހެންވިދާޅުވީމައި އެވާނީކުދިންކިޔާހެން ޖާއަކަށް
14 Feb 2025
ޖާނޭ
ހޮޅިމުއީޒް މިޔަރު ކަމުގައި ހަވާލުކުރި ތަންހަލާކުކުރަން މިހާރު ހޮޅިމުއީޒް އުޅެނީ ކުރެޑިޓްނަގަން ހޮޅިމުއީޒް ބުންޏަސް އާޒިމް އެތަންހަށްދަވާނެ
14 Feb 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.