Advertisement

މުޙައްމަދު ޢަބްދުﷲ (މުހައްމާ) --

14 Feb 2025
ޚަބަރު

އެގާރަ އަހަރުވާންދެން މަހަކު 83000ރ ބޭންކަށް ދައްކަން މުހައްމާގެ މައްޗަށް ޙުކެއް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން ޢައްޔަނު ކުރެއްވި، ކޮމޭޑިއަން އަދި ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ޢަބްދުﷲ މުޙައްމާ 11 އަހަރުވާންދެން މަހަކު 83000ރ ބޭންކަން ދައްކަން އަންގައި ސިވިލްކޯޓުން ޙުކުމްކޮށްފިއެވެ.

މުޙައްމާގެ މައްޗަށް މިޙުކުމް އިއްވާފައި ވަނީ ސިވިލްމޯޓުން މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭނާގެ މައްޗަށް މިޙުކުމް އިއްވާފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭނާ ނަގާފައިވާ، ލޯނަކަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާ ހޯދުމަށް ބޭންކުން ސިވިލްކޯޓުގައި ކޮށްފައިވާ ދައުވާ އާއި ގުޅިގެންނެވެ. 

ބޭންކުން އެދިފައިވަނީ، ލޯނު ދައްކަމުން ނުދާނީ، އެލޯނު ނެގުމަށް ރަހުނުކޮށްފައި އޮތް، ހ. ފުރާތު ނަމަކަށް ކިޔާގެ ވިއްކާލުމަށެވެ. އެހެން ނަމަވެސް ލޯނު ފައިސާ ދެއްކުމަށް މުހައްމާ އެއްބަސްވާތީ ކޯޓުން ނިންމާފައި ވަނީ، ރަހުނު ވިއްކާލުމަށް ހުއްދަ ދިނުމުގެ ބަދަލުގައި މަދުވެގެން 83000ރ ކޮންމެ މަހަކުވެސް ބޭންކަށް ދައްކަމުން ގޮސް 2036 ވަނަ އަހަރުގެ މެއި މަހުގެ ނިޔަަލަށް ލޯނު ދައްކައި ޚަލާސް ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު ކަމުގެ މަޤާމުވެސް ފުރުއްވި މުޙައްމަދު ޢަބުދުއްﷲ (މުހައްމާ) އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވެފައި ވަނީ ކޮމޭޑިއަން އެއްގެ ގޮތުގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.