Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---

13 Feb 2025
ޚަބަރު

ދައުރު ކުރުކޮށްލައި ރޯދަމަހު މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ދިޔުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސް ދައުރު ކުރުކޮށްފައި މިފެށޭ ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިގޮތަށް ފާސްކޮށްފައި ވަނީ، މާފަންނު ދެކުނު ދާއިރާގެ ސަރުކާރު މެމްބަރު މެންބަރު އަބްދުﷲ ރިފާއު މަޖިލީހުގެ ޤަވާއިދަށް ހުށައެޅުއްވި އިސްލާޙްތައް ދިރާސާކުރެއްވުމަށް ފަހުގައެވެ.

ރިފާޢު ހުށައެޅުއްވި އިސްލާޙްގައި މަޖިލީހުގެ ފުރަތަމަ ދައުރަކީ ޖެނުއަރީމަސް ކަމުގައި ކަނޑައެޅުމާއި އެކު، ދެވަނަ ދައުރާއި ތިންވަނަ ދައުރު ދިގުކޮށްލުމަށް ހުށައަޅާފައިވެއެވެ. މިގޮތުން، ދެވަނަ ދައުރު އޭޕްރިލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އަދި ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުމަހުގެެ ނިޔަލަށް އޮންނަ ގޮތަށް ބަދަލު ކުރުމަށް ހުށައަޅާފައިވެއެވެ.

ކޮމިޓީން ފާސްކުރި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ ރިޔާސީ ބަޔާން އިއްވުންވެސް ދެން އޮންނާނީ ޖެނުއަރީ މަހުގައެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އޮތް ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ފަށާނީ، ފެބުރުއަރީ މަހުގެ ފުރަތަމަ ހޯމަ ދުވަސް ނުވަތަ ބުރާސްފަތި ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.