Advertisement

ހުޅުމާލެ ޕޮލިސް ސްޓޭޝަން ---

09 Feb 2025
ޚަބަރު

މަސްތުވެފައި ހުރިކަމަށް ހީކޮށް ސްޓްރޯކެއް ޖެހުނު މީހަކު ފަރުވާއެއް ނުދީ 6 ގަޑިއިރު ފުލުހުންގެ ބަންދުގައި ބަހައްޓައިފި

ހުޅުމާލޭގައި ވޭނެއް ދުއްވަނިކޮށް ސްޓްރޯކެއް ޖެހި، ހާލު ދެރަވި މީހާ ދުއްވި ވެހިކަލް އެކްސިޑެންޓްވުމުން އެމީހާ ފުލުހުންގެ ބަންދަށް ގެންދިޔައީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ހީކޮށްގެންކަން ހާމަވެއްޖެއެވެ.

އިއްޔެ 10:13ގައި ހިނގި އެކްސިޑެންޓާއި ގުޅިގެން އެމީހާ ފުލުހުންގެ ބަންދަށް ގެންދިޔުމަށްފަހު ދޫކޮށްލާފައި ވަނީ، ހަވީރު، 17:28ގައި ޔޫރިން ޓެސްޓްކޮށް ނެގެޓިވް ވުމުންކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެމިހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށުނީ އޭގެ ފަހުންނެވެ. އަދި މިހާރު އެމީހާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމުގައި އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ވޭން ދުއްވަނިކޮށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެމީހާ ދުއްވި ވޭން ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވުމަށްޓަަކައި އެންމެ ހުޅަނގަށް އަޅާފައި އޮންނަ ބުރިޖުގެ ޑިވައިޑަތެއްގައިވެސް ޖެހި އެކްސިޑެންޓްވިއެވެ. އޭގެ ފަހުން އެވޭން މަތަވީ ހުޅުމާލެ ފޭސް 1ގެ ފިތުރޯނު މަގުގެ އަރިމަތިން މަގުން ކަހާލައި އެކްސިޑެންޓްވުމުންނެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތުން ފުލުހުންގެ އިދާރާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އެމީހާގެ އާއިލާގެ ފަރާތުންވެސް ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
ޙުސެއިން
މޯލްޑިވްސް ޕޮލިސް ސާރވިސް ފެއިލް ވެއްޖެ
10 Feb 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.