ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --
ރައީސް ވިދާޅުވީ އިންތިޚާބުން ލިބުނީ ބޮޑު ކާމިޔާބެއް ކަމަށް!
އިއްޔެ ބޭއްވި ބައި އިލެކްޝަން ތަކުގައި ސަރުކާރަށް ލިބުނީ ބޮޑުކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގެ 33 ގޮނޑި އެޕާޓީއަށް ކާމިޔާބު ކުރެވުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓުގައެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިޚާބަކާއި ނުލައި 24 ގޮނޑި އަނދި އިންތިޚާބުގައި ވާދަކޮށް 9 ގޮނޑި އެޕާޓީއަށް ލިބުމަކީ ކާމިޔާބީއެއް ކަމަށެވެ.
ޕީއެންސީން ކާމިޔާބުކޮށްފައިވާ ގޮނޑިތަކުގެ ތެރޭގައި ހިމެނެނީ، އަތޮޅުކައުންސިލްގެ ރައީސް ކަމުގެ ގޮނޑިއަކާއި، ރަށު ކައުންސިލްގެ ރައީސް ކަމުގެ ގޮނޑިއަކާއި، ރަށު ކައުންސިލް ކަމުގެ މެމްބަރު ކަމުގެ 2 ގޮނޑީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 29 ގޮނޑިއެވެ.
އެމްޑީޕީންވެސް ވަނީ އެޕާޓީއަށް އިންތިޚާބުގައި ހަތަރު ގޮނޑިިއެއް ކާމިޔާބު ކުރެވުމަކީ ކާމިޔާބީއެއް ކަމުގައި ބުނެފައެވެ.