Advertisement

މަސްދަޅު ކޭސް ދޫކުރުން ---

21 Feb 2025
ޚަބަރު

ފުރަތަމަ ރޭ 9000 ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅުކޭސް ދޫކުރައްވަން ފެއްޓެވި ފުރަތަމަ ރޭގައި ޖުމުލަ 9،394 މަސްދަޅުކޭސް ދޫކުރެވިފައިވާ ކަމުގައި، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ މަސްދަޅު ކޭސްތައް އާއްމުންނަށް ދޫކުރަން ފެށި އިރު ކިޔޫބޮޑުވުމުގެ ސަބަބުންނާއި އިންތިޒާމްތައް ގޯސްވުމުގެ ސަބަބުން އާއްމުންގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މާލެ ސަރަހައްދުގެ 45000 ވުރެ ގިނަ ގޭބިސީ ހުންނައިރު، މަސްދަޅުކޭސް ދޫކުރަން ކަނޑައެޅީ މާލެ ސަރަހައްދުން ފަސްތަނެކެވެ. އެކަމުގެ ސަބަބުން ކިޔޫތައް ދިގުވެ ތޮއްޖެހުން ބޮޑުވެގެން ދިޔައެވެ. ރޭ ގެ ފަތިހު 4 ޖެހި އިރުވެސް މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަނުން މަސްދަޅުކޭސް ދޫކޮށް ނިންމާލެވިފައެއް ނުވެއެވެ.

މާލެ ސަރަހައްދުން މަސްދަޅުކޭސް ރޭ ދޫކުރީ، ހުޅުމާލެ ފޭސް 2 ގެ ހިޔާގެ 10ވަނަ ޓަވަރުންނާއި، ހުޅުމާލެ ފޭސް 1ގެ އުމަރު ޒާހިރު ބިލްޑިންގ އިންނާއި، މާލޭގައި އެމްޓީސީސީ ސޯމިލް އަދި މާލޭ މިފްކޯގެ މައި އޮފީސް ހުންނަ އިމާރާތުގެ އިތުރުން ވިލިމާލެއިންނެވެ. ރޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން މަސްދަޅުކޭސް ދޫކޮށްފައި ވަނީ މިފްކޯގެ މައި އޮފީސް ހުންނަ އިމާރާތުގައި ހުންނަ ފިހާރައިންނެވެ. އެތަނުން 3666 ކޭސް މަސް ދޫކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައި މަސްދަޅުކޭސް ދޫކުރީ އެމްޓީސީސީ ސޯމިލްއިންނެވެ، އެތަނުން 2083 ކޭސް މަސް އާމުންނަށް ދޫކުރިއެވެ.

މަސްކޭސްތައް ބެހުމުގައި ރޭގައި ކުރިމަތިވި މައްސަލަތަކަށް ބަލައި މާދަމާ މަސްކޭސް ދޫކުރަން އިތުރު ސަރަހައްދުތައް ހަމަޖައްސާނެ ކަމުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ވިިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.