Advertisement

ރ. ފައިނުގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން --

23 Feb 2025
ޚަބަރު

ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. ފައިނުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ފައިނުގެ އެއާޕޯޓުގެ މަސައްކަތް ކުރަނީ، އެމްއޭސީއެލްއިންނެވެ. އެ އާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީވެސް އެކުންފުނިންނެވެ. އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދުއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެމް.ޓީ.ސީ.ސީން އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ، ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ އެއް އެއަރޕޯޓެް ކަމަށާއި އެހެންކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމުގައިވެސް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އެމް.އޭ.ސީ.އެލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ޕީ.އެން.ސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާޙް ވިދާޅުވީ ރ.އަތޮޅުގައި ޓުއަރިޒަމް ތަރައްޤީވެ، ރާއްޖޭގެ ޓުއަރިޒަމްގެ މުހިއްމު ހަބަކަށް ރ. އަތޮޅު ވެގެންދާއިރު މި އެއަރޕޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށެވެ. އަދި ރ.އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާ އަދި ލުއިފަސޭހަ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމް.ޓީ.ސީ.ސީއާއި އެކު މި ވެވޭ އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުތަކުގައި މި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެމް.ޓީ.ސީ.ސީއިންވެސް ވަނީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމުގެ މުހިއްމު ކަމާއި އެކަމަށް އެމް.ޓީ.ސީ.ސީ އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.

ރ ފައިނުގައި އެއާޕޯޓެއް އެޅުމަށް އިއުލާނުކުރި ހިސާބުންފެށިގެންވެސް ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ދަނީ އެކަމާއި މެދު ދެކޮޅު ހަދަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.