Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

19 Feb 2025
ޚަބަރު

މަޑުއްވަރީއަށް އުފުލަންދޫ މީދޫއަށް ތާވަތާ ދީފި

މާޅޮސްމަޑުލު އުތުރުބުރީ "އުފުލަންދޫ" އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ "ތާވަތާ" އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ޤަރާރެއްގައެވެ.

މަޑުއްވަރީއަށް އުފުލަންދޫ އަދި މީދޫއަށް ތާވަތާ ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ވަޢުދުވެވަޑައިގެންނެވި ކަމެކެވެ.

މާޅޮސްމަޑުލު އުތުރުބުރީ "އުފުލަންދޫ" އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ "ތާވަތާ" އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެނެސް؛ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ވަޢުދުފުޅަކީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލުކަމަށްވާތީކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ އިތުރުންވެސް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދުވަހުގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރަށްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، އެރަށްތަކުގެ ރައްޔިތުން އެންމެ އެދޭކަންކަމަށް ވީއެންމެ އަވަސް ޙައްލުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 May 2025
ޚަބަރު
މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގޮވާލައިފި
ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ޕެޕަރ ސްޕްރޭޖަހާ ޒުވާނުންނަށް އަނިޔާކޮށް ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުއަށް އިންސާދު ހޯދުމަށް ގޮވާލާ މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށެވެ.
02 May 2025
ޚަބަރު
ފުލުހުން ހާމަކުރީ މުޒާހަރާ ރޫޅާލީ ގާނޫނޫ އިންޒާރުތަކަށް ފަހުގައި ކަމަށް
އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު މަޖީދީ މަގުގައި ހިންގަމުންދިޔަ އިހުތިޖާޖު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
01 May 2025
ޚަބަރު
ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސްއިން ހުޅުވާލައިފިއެވެ. ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
01 May 2025
ޚަބަރު
އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށްފި
މިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ދަތުރާ ގުޅުވައި އެ ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކު އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކުރުމުން އެ ޕާޓީއިން އެކަން ކުށްވެރިކޮށްފިއެވެ.