ފުލުުހުންގެ އިދާރާ --
ކެފޭ އެއްގެ ތެރޭގައި ދެ ބިދޭސީން މާރާމާރީ ހިންގައިފި
މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބިދޭސީންތަކެއްގެ މެދުގައި ހިނގި މިމާރާމާރީއާއި ގުޅިގެން އެކަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:10 ހާއިރުގައި ކަމަށެވެ.
މިމާރާމާރީ ހިނގައިފައި ވަނީ ބަނގުލަދޭޝް މީހާކާއި ނޭޕާޕް މީހަކާއި ދެމެދުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މާރާމާރީ ހިނގީ މާވެޔޮމަގުގައި ހުންނަ ކެފޭ ތާސީރުގެ ތެރޭގައެވެ.