Advertisement

"ނަވައިމާ"

07 Feb 2025
ޚަބަރު

އަގުބޮޑު ލަގްޒަރީ ޔޮޓު ނަވައިމާގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަޑިޔަށް ހިނގައްޖެ

ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ދުއްވަމުން އައި އަގު ބޮޑު ލަގްޒަރީ ޔޮޓު ނަވައިމާގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެޔޮޓު އަޑިޔަށް ހިނގައްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ޔޮޓުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ ރޭ ފަތިހު 3:43 ގައި، ރީތިރަށް ރިސޯޓާއި ދިމާއިން 5 މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. ޔޮޓުގައި އެވަގުތު 5 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަށް ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަލިފާނުގެ ހާދިސާ އާއި ގުޅިގެން ޔޮޓު އެއްކޮށް އަޑިޔަށް ގޮސްފައިވާ ކަމަށާއި، ފުލުހުން ގެންދަނީ އެހާދިސާ ތަޙްޤީޤު ކުރަމުން ކަމަށެވެ.

ނަވައިމާ ޔޮޓުގެ އެތެރެ --

އަޑިޔަށް ދިޔަ ޔޮޓަކީ، 16 އަހަރުވެފައިވާ ޔޮޓެކެވެ. އެއީ އޭޑީކޭ ގުރޫޕްގެ ޔޮޓެއްކަން އެނގިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.