ޚަބަރު
ޚަބަރު
23 Jan 2025
ޚަބަރު
ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ ޔުނިޓުތައް ހުރިހާ އަތޮޅެއްގައި ޤާއިމްކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށެވެ. ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ އެއް ޔުނިޓް ގާއިމުކުރައްވާނެ ކަމަށާއި، ރ. އަތޮޅުގައި އެ ޔުނިޓް ޤާއިމްކުރައްވާނީ، މާކުރަތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
23 Jan 2025
ޚަބަރު
ފައިނު އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކުރަނީ
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަދު އިފްތިތާޙުކުރެއްވި ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫޢުވެސް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ފައިނާއި އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް ފުރުޞަތެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެން ފައިނަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
22 Jan 2025
ޚަބަރު
ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯވކޮށްފި
ފުލުހުންގެ އިދާރާއިން އިއްޔެ ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި މަގުބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ އެއީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު މަގުބޭނުންކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
22 Jan 2025
ޚަބަރު
ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 14:45 ހާއިރުގައި ކަމަށެވެ. އެފަތުރުވެރިޔާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ނޮޅިވަރަން ފަރުގައި ފަތުރުވެރިންނަށް ޚާއްޞަކޮށްފައިވާ ބީޗު ސަރަހައްދުގައި އެ ފަތުރުވެރިޔާ ހުއްޓައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
22 Jan 2025
ޚަބަރު
ބްރޯޑްކޮމްގެ ނައިބު ރައީސަށް ޖިންސީ ގޯނާގެ ތުހުމަތު
މަޖިލީހަށް ހުށައެޅިފައިވާ އެ މައްސަލަ އާއި ގުޅިގެން އެކަމުގައި ސުވާލުކުރަންޖެހޭ ފަރާތްތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިއްޔެ ހާޟިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އެކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.
22 Jan 2025
ޚަބަރު
ބްރޯޑްކޮމްއަށް މުހައްމާ އާއި ސަރާހަތު އައްޔަނުކޮށްފި
ކޮމިޝަނަށް މުހައްމާ ޢައްޔަނުކުރި މައްސަލައިގައި އާއްމުންގެ ފާޑު ކިޔުންތައް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.
22 Jan 2025
ޚަބަރު
ރަސްމާދޫ އެންޓަނާ ހުރިތަން ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
22 Jan 2025
ޚަބަރު
މިސަރުކާރުގެ ސިޔާސަތަކީވެސް ކުޑަރަށެއް ބޮޑުރަށެއް ނުބަލައި ތަރައްޤީ ގެނެސްދިނުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ރ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރޭ އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެހެން އަތޮޅުތަކާއި ތަފާތުކުރުމެއް ނެތި، ރ. އަތޮޅުގެ ރަށްތަކަށްވެސް ބޭނުންވާ ތަރައްޤީގެ ކަންކަން ހަމަޖައްސަވައިދެއްވަމުން ގެންދަވާނެ ކަމަށެވެ.
21 Jan 2025
ޚަބަރު
ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް މަޝްރޫޢު ފަށައިފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، އެ މަޝްރޫޢުގެ ދަށުން ށ. ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމް ކުރާނެއެވެ. މި މަޝްރޫޢަކީ އަތޮޅު ކައުންސިލުން 450,120.00 ރުފިޔާ (ހަތަރުލައްކަ ފަންސާސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ޚަރަދުކޮށްގެން، ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާއި ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
21 Jan 2025
ޚަބަރު
ރ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރައީސް ފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
21 Jan 2025
ޚަބަރު
އިންޑިއާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާދޭކަމަށް ބުނާ މައްސަަލަތަކެއް ބަލަނީ
ފުލުހުންގެ އިދާރާއިން ވަނީ، މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ.
21 Jan 2025
ޚަބަރު
އެމްއޭސީއެލްގެ އިންޓާންޝިިޕް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓްދީފި
އެފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ. އިއްޔެ ނިމުނު މި އިންޓާންޝިޕް ޕްރޮގްރާމަކީ، 6 މަސްދުވަހުގެ މުއްދަތަށް ހިންގުނު ޕްރޮގްރާމެއް ކަމުގައި، އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
21 Jan 2025
ޚަބަރު
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު އަންނަމަހުގެ 15 ގައި
ދަ ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަޤާމު ހުސްވެފައި ވަނީ، އެމަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވުމާއި ގުޅިގެންނެވެ. އެޕާޓީގެ ރައީސް ޙަސަން ލަޠީފާއި، ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައި އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ފައްޓަވާފައެވެ.
21 Jan 2025
ޚަބަރު
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް އައްޑޫގައި ފަށައިފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގައި 210 ފުލުހުން ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުންކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
21 Jan 2025
ޚަބަރު
ކަދުރު ބަހަން ފަށައިފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، މިއަންނަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުންދާނެއެވެ. މާލޭގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެވެެސް ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމްގައި ގޭބިސީތަކަށް ކަދުރު ދޫކުރަމުންދާނެ ކަމުަގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
21 Jan 2025
ޚަބަރު
މިވެރިކަމުގައި 71 ކައުންސިލްގެ އައު އިމާރާތް އެޅޭނެ: މިނިސްޓަރ އާދަމް ޝަރީފް
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.