Advertisement

ށ. އަތޮޅު ކައުންސިލުން އެއަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް އެޅުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެގްރިކަލްޗަރ

21 Jan 2025
ޚަބަރު

ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް މަޝްރޫޢު ފަށައިފި

ށ. އަތޮޅު ކައުންސިލުން އެއަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، އެ މަޝްރޫޢުގެ ދަށުން ށ. ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމް ކުރާނެއެވެ. މި މަޝްރޫޢަކީ އަތޮޅު ކައުންސިލުން 450,120.00 ރުފިޔާ (ހަތަރުލައްކަ ފަންސާސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ޚަރަދުކޮށްގެން، ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާއި ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މިއީ ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ސަބަބުން ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. 

އެވުޒާރާގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، ކާނާއަށް ބޭރު ޤައުމުތަކަށް ބަރޯސާ ވާ މިންވަރު ކުޑަކޮށް ރައްކާތެރި ކާބޯތަކެތި އަޅުގަނޑުމެންގެ ދަނޑު ފަނގު ތަކުން ލިބިގެން ދާނޭ މަގުފަހި ކުރުން ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް ފަރުދީގޮތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަންގަވައިގެން އެ ފަދަ މަޝްރޫޢުތައް ހިންގުމަކީ މި ވުޒާރާއިން ނުހަނު ބަލައިގަންނަ، އަދި ހިތްވަރުދޭ ކަމެއް ކަމުގައިވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.