ޚަބަރު
15 Jan 2025
ޚަބަރު
ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާ ހުއްޓުވި މުވައްޒަފުގެ އަގު ވަޒަންކޮށްފި
މި ދެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ ވިދާލުވީ ސްޓެލްކޯއަކީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު އަބަދުވެސް އަދާކުރާ ކުންފުންޏެއް ކަމަށެވެ.
15 Jan 2025
ޚަބަރު
ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން އުޅޭ ވާހަކަ ދޮގުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވެއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާކަމުގައި ހީނާ ވިދާޅުވިއެވެ.
15 Jan 2025
ޚަބަރު
ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ށ، ބިލެތްފަހި، ޗަނބޭލިގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޛާލިފް އެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވާ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައި ވަނީ ރޭގެ 21:45 ހާއިރުގައެވެ.
15 Jan 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ވަޑައިގެންފި
ޓާރްޓޫ ސިޓީއަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ޓާޓޫ ޓައުން ހޯލަކީ ވިޔަފާރީގެ އިތުރުން މީހުން އާބާދުވެފައިވާ މައިގަނޑު ސަރަޙައްދުވެސްމެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޔުނިވަރސިޓީ އޮފް ޓާރްޓޫއާއި، އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީ.އާރު.އެމް) އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
15 Jan 2025
ޚަބަރު
ްްްއެކްސިޑެންޓްވުމުން ސީންއިން ފިލި މީހަކު ހޯދައި ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިއްޔެ ހުޅުމާލޭ ނިރޮޅުމަގުން ކެއާ ޕްލަސްކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުންޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
15 Jan 2025
ޚަބަރު
އެކްސިޑެންޓެއްގައި މޯލްޑިވިއަންގެ އަންހެން މުވައްޒަފަކަށް އަނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު، 16:20 ހާއިރުގައި ކަމަށެވެ. މިއެކްސިޑެންޓް ހިނގާފައި ވަނީ، ވެލާނާ އެއާޕޯޓުގެ ޕޭ ޕާކިން ޒޯން އިން ނުކުތް ސައިކަލެއް، އެއާޕޯޓުން ނުކުންނަށް ދިޔަ ކާރެއްގައި ޖެހިގެންނެވެ.
15 Jan 2025
ޚަބަރު
އަޒަރުބައިޖާނުން ރާއްޖެއަށް ސީދާދަތުރުތައް ފެށުމަކީ ކާމިޔާބީއެއް: ނައިބު ރައީސް
ނައިބު ރައީސް މިހެން ވިދާޅުވީ، އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު، އެލްނޫރު މަމަދޮވް، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
15 Jan 2025
ޚަބަރު
ތައިލެންޑާއި ޔޫއޭއީން އާސަންދައިގެ ދަށުން ބޭސް ކުރެވޭ ގޮތް ހަމަޖައްސައިފި
އާސަންދަ ކުންފުނިން ވިދާޅުވީ، ތައިލެންޑް އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
15 Jan 2025
ޚަބަރު
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އަލުން ހަމަޖައްސަވައިފި
އެމްޑީޕީ ސަރުކާރުގައި، ރިޔާސާ ބަޔާން އިއްވަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނިކޮށް، އެދުވަސް ބަންދު ނުކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރުގައެވެ.
15 Jan 2025
ޚަބަރު
ހޯމް މިނިސްޓަރު މަޤާމުން އެކަހެރިކުރަން ގޮވާލައިފި
އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގެ މި ބޮޑު ޖަރީމާ ހިންގުމުގައި ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު އިސް ދައުރެއް އަދާކޮށްފައިވާތީ އެޕާޓީގެ ފަރާތުން މިނިސްޓަރުގެ އެ ހުތުރު އަމަލު ކުށްވެރިކުރާ ކަމަށެވެ.
15 Jan 2025
ޚަބަރު
ޒަޚަމްތަކަކާއި އެކު މަގުމަތީގައި އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސެނަހިޔާ ހޮސްޕިޓަލު ކައިރިއަށް ޒަޚަމްތަތަކާއި އެކު ވެއްޓިފައި އޮއްވައި ފެނިފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
15 Jan 2025
ޚަބަރު
އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުންނަށް ހުށައަޅައިފި
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެޕާޓީގެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައި ވަނީ ރޭގެ މެންދަމު 1 ޖަހާ އެހާއިރުގައެވެ. ކަޅުތެޔޮ ޖަހާފައި ވަނީ އެ ހަރުގޭގެ ބޭރުގައި ހިއްޕާފައި ހުރި، ޕީއެންސީގެ މެމްބަރުންގެ ފޮޓޯތަކަކަށެވެ.
15 Jan 2025
ޚަބަރު
ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 6 ގައި
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިޖަލްސާ ބާއްވާނީ އެދުވަހު ހެނދުނު. 10:00 ޖަހާއިރުގައެވެ. މިޖަލްސާގައި އޮންނާނީވެސް ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.
15 Jan 2025
ޚަބަރު
ޅެންވެރީންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކަވައި ދެއްވާ: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވަނީ، ޅެންވެރީންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކަވައި ދެއްވުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ޤައުމީ ލޯބި އިތުރުކޮށްދެއްވުމަށާއި، މަތިވެރި އަޚުލާޤު ދިރުވައި އާލާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
13 Jan 2025
ޚަބަރު
މާލޭގެ ގެއަކުން ބޮޑު ބަޑިއެއް ފެނިއްޖެ
ނޭޝަނަލް ސެންޓަރ ފޯރ ކަލްޗަރ ހެރިޓޭޖުން ވިދާޅުވީ، އެބޮޑު ބަޑި މިހާރު އެސެންޓަރަށް ގެނެސްފައިވާ ކަމަށާއި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފެޑޯ ކޮންސްޓްރަކްޝަން ކޮންޕެނީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޟަމީރު އަށް އެ މަރުކަޒުގެ ފަރާތުން ޝުކުރުއާދަކުރާ ކަމަށެވެ.
13 Jan 2025
ޚަބަރު
ވަގު ފޯމެއް ހުށައަޅައިގެން މެމްބަރު ޒިޔާދު ޕީއެންސީއަށް ވެއްދި މައްސަލަ ބަލަން ގޮވާލައިފި
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ، އެ މައްސަލަތައް ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.