Advertisement

ސްޓެލްކޯގެ މުވައްޒަފުގެ އަގު ވަޒަންކުރުން --- ފޮޓޯ: ސްޓެލްކޯ --

15 Jan 2025
ޚަބަރު

ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާ ހުއްޓުވި މުވައްޒަފުގެ އަގު ވަޒަންކޮށްފި

ސްޓެލްކޯގެ ޓްރާންފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅުނު މީހާ ހުއްޓުވި ސްޓެލްކޯގެ މުވައްޒަފަށް އެކުންފުނިން މެޑަލް އޮފް ބްރޭވަރީ އަރުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެޑަލް އޮފް ބްރޭވަރީ އާއި އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން އަރުވާފައިވަނީ، 14 ޖަނަވަރީ 2025 ވީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު ދެމީހުން ހުއްޓުވައި އެމީހުން ކަމާބެހޭ ފަރާތްތަކާއި ޙަވާލުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި، އަދި ވައްކަންކުރަން އުޅުނު މީހާ ހުއްޓުވަން އުޅުމުން އޭނާ ހަމަލާދީ ޒަޚަމްކޮށްލި ސްޓެލްކޯގެ މުވައްޒަފު، އަޙުމަދު ވިޝާންއަށެވެ. މީގެ އިތުރުން ވިޝާން އާއިއެކު ޙާދިސާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވި ސްޓެލްކޯގެ އިތުރު މުވައްޒަފެއް ކަމަށްވާ ސަރުވާން މުޙައްމަދަށްވެސް ކުންފުނީގެ ފަރާތުން ވަނީ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން އަރުވާފައި ކަމުގައި އެކުންފުނިން ހާމަކުރައްވާފައިވެއެވެ. 

މި ދެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ ވިދާލުވީ ސްޓެލްކޯއަކީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު އަބަދުވެސް އަދާކުރާ ކުންފުންޏެއް ކަމަށެވެ.

"މި ކުންފުންޏަކީ މުވައްޒަފުންގެ އަގުވަޒަންކޮށް، މުވައްޒަފުންނަށް ދިމާވާ ކަންކަމުގައި އަޅާލާ، އޯގާތެރި މެނޭޖްމަންޓެއް އޮންނަ ކުންފުންޏެއް އަބަދުވެސް. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކަން މި އަރުވަނީ މިއަދުވެސް ކުންފުނީގެ މެނޭޖްމަންޓް އޮތީ ހަމަ އެގޮތަށޭ. ތިބޭފުޅުންނަށް ދިމާވާ ކޮންމެ ކަމެއްގަ އަޅުގަނޑުމެން ފަހަތުގަ ތިބޭނަން. އެކަމަކީ އަނިޔާއެއް ލިބުންކަމުގައިވިޔަސް، އުފަލެއް ލިބުންކަމުގައިވިޔަސް އަދި ހިތާމައެއް ލިބުންކަމުގައިވިޔަސް ކުންފުނީގެ މެނޭޖްމަންޓް އެކަމުގަ (މުވައްޒަފުންގެ) ފަހަތުގަ ތިބޭނެ. އެކަމުގަ (މުވައްޒަފުން ބޭނުންވާ) އެއްބާރުލުން އަޅުގަނޑުމެން ތިބޭފުޅުންނަށް ދޭނަން. އަޅުގަނޑު ޔަޤީންކަން މި އަރުވަނީ، ތިބޭފުޅުން ރެއާ ދުވާލު ތި ކުރާ މަސައްކަތުގަ ލިބޭ ގެއްލުންތަކުގަ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސްކަހަލަ އިހުމާލުވުމެއް ނޯންނާނެ. ތިބޭފުޅުންގެ ފަހަތުގަ އަޅުގަނޑުމެން ތިބޭފުޅުންނަށް ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދޭނަން"، 

ޙުސައިން ފަޙްމީ - ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު ވިދާޅުވީ، ކުންފުންނަށް މިހާތަނަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައިވަނީ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގަ ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަމާއި އިތުބާރާއި ހިތްހަމަޖެހުން ހޯދައިދެވިފައި އޮތުން ކަމަށެވެ. 

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހުން އަތުލައިގަނެވިފައިވަނީ 14 ޖަނަވަރީ 2025 ވީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުމާއި ގުޅިގެން، ޓްރާންސްފޯމަރުތައް ޗެކުކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައެވެ. ވަގުން މަސައްކަތްކޮށްފައިވަނީ ޓްރާންސްފޯމަރުތަކުގެ އެތެރޭގައި ލޮއިން ހަދާފައިވާ ބައިތައް ވަގަށްނެގުމަށެވެ.

މި ޙާދިސާއާއި ގުޅިގެން ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ސްޓެލްކޯގެ ލާޒިމް ވަސީލަތްތައް (ކްރިޓިކަލް ފެސިލިޓީސް) ރައްކާތެރިކޮށް ބެލެހެއްޓުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.