Advertisement

މަޝްހޫރު ކޮމޭޑިއަން، މުޙައްމަދު ޢަބްދުއްﷲ (މުހައްމާ ކަލޯ)

16 Jan 2025
ޚަބަރު

ޝިފްޒާ ކަޓުވާލައި މުހަންމާ ބްރޯޑްކާސްޓިން ކޮމިޝަނަށް ޢައްޔަނުކުރަން މަޖިލީހުން ރުހުންދީފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ރުހުންދޭން ފެންނަކަމަށް، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކުރި، ޤާނޫނީ ވަކީލާ ޏ. ފުވައްމުލައް، އާސާން، ޝިފްޒާ މުސްތަފާ ކަޓުވާލައި، މަޝްހޫރު ކޮމޭޑިއަން މުޙައްމަދު ޢަބްދުﷲ (މުހަންމާ ކަލޯ) ކޮމިޝަނަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރުން ޢައްޔަނު ކުރެއްވުމަށް އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި އިރު އެންމެ ކުރީގައި އޮތީ، މުހަންމާގެ ނަމެވެ. ދެވަނައަށް އޮތީ މުޢާޛު ޢަލީގެ ނަމެވެ. އެހެންނަމަވެސް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނަންފުޅުތައް ދިރާސާކުރައްވައި އިންޓަވިއު ކުރެއްވުމަށްފަހުގައި މާކްސްދިން އިރު އެންމެ ކުރީގައި އޮތީ، ކުރިންވެސް އެކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމު ފުރުއްވި، އައިމިނަތު ސަރާހަތު އިއްޒަތުގެ ނަމެވެ. ދެވަަނައަށް އޮތީ ޝިފްޒާ މުސްޠަފާގެ ނަމެވެ.

މިއަދުގެ މަޖިލީހުގެ ވޯޓުގެ ވަގުތުގައި އެންމެ ފުރަތަމަ ރުހުންދިނުމަށް ފެނޭތޯ އަހާފައި ވަނީ ސަރާހަތަށެވެ. ސަރާހަތަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންވު 68 މެމްބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. ދެވަނައަށް ޝިފްޒާގެ ނަމަށް ވޯޓަށް އެހި އިރު، ޝިފްޒާއަށް ރުހުންދޭން ނުފެންނަ ކަމަށް ޕީއެންސީގެ 50 މެމްބަރުން ވޯޓުދެއްވިއެވެ. އެއާއެކު ތިންވަނައަށް މުހައްމާގެ ނަމަށް ވޯޓަށް އެހުމުން މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވީ މުހަންމާއަށް ރުހުންދޭން ފެންނަ ކަމަށެވެ.

އަލްއުސްތާޛާ ސަރާހަތު ޢިއްޒަތާއި މުހަންމާ ކަލޯ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޢައްޔަނު ކުރަނީ، ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެމްބަރު ޢަލީ ޔޫސުފްގެ ދައުރު ހަމަވެ އެކޮމިޝަންގެ ދެމެމްބަރެއްގެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ.

މުހަންމާ ކަލޯ ބްރޯޑްކާސްޓިން ކޮމިޝަނަށް ޢައްޔަނުކުރަން ފާސްކުރުމާއި އެކު އާއްމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.