Advertisement

މާލޭގެ ގެއަކުން ފެނުނު ބޮޑުބަޑި --

13 Jan 2025
ޚަބަރު

މާލޭގެ ގެއަކުން ބޮޑު ބަޑިއެއް ފެނިއްޖެ

ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބް ބޭންކު ހުރި ބިމުގައި, ގެއެއްގެ އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް އިހުޒަމާނުގައި މާލޭގައި ބޭނުން ކުރި ބޮޑު ބަޑިއެއް ފެނިއްޖެއެވެ.

ނޭޝަނަލް ސެންޓަރ ފޯރ ކަލްޗަރ ހެރިޓޭޖުން ވިދާޅުވީ، އެބޮޑު ބަޑި މިހާރު އެސެންޓަރަށް ގެނެސްފައިވާ ކަމަށާއި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފެޑޯ ކޮންސްޓްރަކްޝަން ކޮންޕެނީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޟަމީރު އަށް އެ މަރުކަޒުގެ ފަރާތުން ޝުކުރުއާދަކުރާ ކަމަށެވެ.

ގެއެއްގެ ފައުންޑޭޝަން އެޅުމަށް ކޮންނަނިކޮށް ފެނިފައިވާ މި ބޮޑުބަޑިއަކީ، ރާއްޖޭގެ ރަސްކަމުގެ ޒަމާނުގައި މާލޭގެ ދިފާއަށް ބޭނުންކުރި ބާވަތުގެ ބޮޑުބަޑިއެކެވެ. އަދި ބަޑި ފެނުނު ސަރަހައްދަކީ، ކުރި ރަސްކަމުގެ ގަނޑުވަރުތަކުގެ ދޮރޯށިތައް ހުރި ސަރަަހައްދެއް ކަމުގައި ތާރީޚު ދިރާސާކުރައްވާ ބޭބޭފުޅުން ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Apr 2025
ޚަބަރު
ލޯފަން ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށްފި
ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ލޯފަން ނުވަ ދަރިވަރަކު ރޭ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފިއެވެ.
19 Apr 2025
ފަލަސްތީން
"އުންމަތް ފަލަސްތީނާއި އެކު" ހިނގާލުން ބާއްވައިފި
މި ހިނގާލުން ބާއްވާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާ ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދިނުމަށެވެ.
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.