Advertisement

ޕީއެންސީގެ ފޯމް ފުރަމުން ދިޔައިރުގެ ފޮޓޯއެއް --- ފޮޓޯ: ސޯޝަލް މީޑިއާ

15 Jan 2025
ޚަބަރު

ހޯމް މިނިސްޓަރު މަޤާމުން އެކަހެރިކުރަން ގޮވާލައިފި

ޕީ.އެން.ސީ. އަށް މެންބަރުން އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަންއަށް ސައްހަނޫން ފޯމު ހުށަހެޅުމުގެ އެންމެހައި ކަމެއްގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަގާމުން އެކަހެރިކުރަން އެމްޑީޕީން ގޮވާލައިފިއެވެ.

އެޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ޕީ.އެން.ސީ. އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ބަހުންނާއި، ޕީއެންސީގެ އަމިއްލަ އިއުތިރާފުން ވަނީ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައި ކަމަށެވެ. އަދި މިކަން ހިނގައި ދިޔައީ އެކިފަރާތްތަކުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެޕާޓީގައި ނެތުމުގެ ސަބަބުންކަމަށް ޕީއެންސީން ބުނިނަމަވެސް، މިއީ ގަސްތުގައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން މިހާރު ވަނީ ހާމަވެފައި ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ. 

އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގެ މި ބޮޑު ޖަރީމާ ހިންގުމުގައި ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު އިސް ދައުރެއް އަދާކޮށްފައިވާތީ އެޕާޓީގެ ފަރާތުން މިނިސްޓަރުގެ އެ ހުތުރު އަމަލު ކުށްވެރިކުރާ ކަމަށެވެ. އަދި މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުންކަން އެނގޭ ކަމުގައިވެސް އެޕާޓީން ވަނީ ބުނެފައެވެ. 

އެމްޑީޕީން ވަނީ ފުލުހުންނާއި އޭސީސީންވެސް މިނިސްޓަރ އިޙްސާނުގެ މައްސަލަ ބެލުމަށް ގޮވާލާފައެވެ. އަދި ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި އިޙްސާނު ހުންނަވައިގެން ފުލުހުންނަށް އިންސާފުވެރި ތަޙްޤީޤެއް ހިންގޭނެ ކަމަށް ޤަބޫލު ނުކުރާތީ، މިނިސްޓަރު އިޙްސާން މަޤާމުން އެކަހެރި ކުރުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.