ޚަބަރު
07 Dec 2024
ޚަބަރު
ޑިސެމްބަރު 10ގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ސައިކަލު ބުރެއް ބާއްވައިފި
މިސައިކަލު ބުރު ބާއްވާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު މާލޭގައެވެ. މިސައިކަލު ބުރުގައި އެމްޑީޕީގެ އިސްވެރިންނާއި، އެޕާޓީގެ އާއްމު މެމްބަރުން ބައިވެރިވިއެވެ.
07 Dec 2024
ޚަބަރު
އަންނަ އަހަރު މާފަންނު މަދަރުސާގައި އައު ހޯލެއް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
07 Dec 2024
ޚަބަރު
މުސާރަ ނުދީގެން މުޒާހަރާކުރި ބިދޭސީންގެ މައްސަލަ ބަލަން ފަށައިފި
މިކަމާއި ގުޅޭ ގޮތުން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއަދު މާލޭގެ ގްރީން ޒޯނުގައި މުޒާހަރާކުރި 55 ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިވަގުތު ދަނީ ބަލަމުންކަމަށެވެ. އަދި މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން ކަމުގައިވެސް ޝަމްޢާން ވިދާޅުވިއެވެ.
07 Dec 2024
ޚަބަރު
ރަނގަޅު ދަރިންތަކެއް ބިނާކުރުމަށް އެންމެން އެކީގައި މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި
މީގެ އިތުރުން އެ މަނިކުފާނު ވަނީ، މިއަދުގެ ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ފަރާތުން 2 ދަރިވަރަކު އެ މަނިކުފާނަށް ދެންނެވި ފަދައިން، އިސްރަށްވެހިންނަށްވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯރގައި، ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
07 Dec 2024
ޚަބަރު
ވިލުފުށީ ހެޔޮބަސް ޖަމިއްޔާއިން މިއަހަރުދޭ އުމްރާ ދަތުރު ލިބޭފަރާތް ހޮވައިފި
މިއުމްރާ ދަތުރަށް ގުރުއަތުން ހޮވިފައި ވަނީ، ތ ވިލުފުށީ ބީޗްހެވަން، އަޙްމަދު ޖަލްވާން ޖިނާޙް އެވެ. މިއުމްރާ ދަތުރަކީ، ހެޔޮބަސް ޖަމިއްޔާއިން ބާއްވާ ދަރުސްތަކުގެ ތެރެއިން މަދުވެގެން 3 ދަރުސްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ފަރާތަަކަށް ދޭ ޢުމްރާ ދަތުރެކެވެ.
05 Dec 2024
ޚަބަރު
ޝަކުވާތަކާއި އެކު ކެޔޮޅުން ރައީސްގެ އަރިހަށް!
ކެޔޮޅުންގެ ބައެއް ވާހަކަތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ހައިރާންކަން ފާޅުކުރެއްވި ކަމަށާއި އެހެން ނަމަވެސް މިހާރު ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމުގައިވެސް ކެޔޮޅުން ބުންޏެވެ. އޭގެ އިތުރުން ކޮންމެ 3 މަހަކުން އެއްފަހަރު ކެޔޮޅުންނާއި ބައްދަލު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމަށްވެސް ކެޔޮޅުން ބުންޏެވެ.
05 Dec 2024
ޚަބަރު
ވަކިކުރި ސިޔާސީ މުވައްޒަފުންނަކީ ކޮންބައެއްކަމެއް ނޭނގުނު!
ބައެއް އާއްމުންނާއި ސިޔާސީ ފަރާތްތަކުންވެސް ތުހުމަތުކުރާ ގޮތުގައި 228 ސިޔާސީ ވަޒީފާ މަދުކުރިކަމަށް ސަރުކާރުން ދައްކާވާހަކައަކީވެސް އޮޅުވާލުމެކެވެ.
03 Dec 2024
ޚަބަރު
ބުޅާ ފެސިލިޓީ ސިޓީ ކައުންސިލް އަތުން އަތުލައިފި
މިއަދު ސަރުކާރުން އެނިންމުން ނިންމާފައި ވަނީ އޮޅުހިޔާއަށް ބުޅާތައް ގެންދިޔުމަށް ނިންމައި، ސިޓީކައުންސިލުން އެމަސައްކަތް ފަށާފައި ވަނިކޮށް އެގްރިކަލްޗަރ މިނިސްޓްރީ އެކަން މަޑުޖައްސާލުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.
03 Dec 2024
ޚަބަރު
ފިސްކަލް ޒިންމާގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފި
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިފައިވަނީ، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތަޢާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުމަށެވެ.
03 Dec 2024
ޚަބަރު
ރައީސްގެ އަރިހަށް، ޗައިނާ ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއިއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
02 Dec 2024
ޚަބަރު
ޕީޕީއެމް އުވާލުމަށް އެޕާޓީގެ ސެނެޓުން ނިންމައިފި
ޕީޕީއެމްގެ ނައިބު ރައީސް އަދި މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވީ، ޕާޓީ އުވާލުމުގެ ޤަރާރު ސެނެޓަށް ހުށައަޅާފައި ވަނީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 61 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެޤަރާރު ސެނެޓުން ފާސްކޮށްފައި ވަނީ، ސެނެޓަށް ހާޟިރުވެވަޑަިއގެން ތިއްބެވި 41 މެމްބަރުންގެ އިއްތިފާޤުން ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އެނިންމުމާއި އެކު ޕާޓީ އުވިގެން ދިޔައީ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.
02 Dec 2024
ޚަބަރު
ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނާއި ދިލުން މޫދުތެރޭގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
01 Dec 2024
ޚަބަރު
އެގްރިކަލްޗަރ މިނިސްޓްރީ ހިންގުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑޮކްޓަރ ޢާއިޝަތު ރަމީލާ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން މިއަދު އިސްތިޢުފާދެއްވާފައިވާތީ، އެމަޤާމަށް ބޭފުޅަކު މާރިޔާ ޢައްޔަނު ކުރެއްވީ އެމަޤާމަށް އެހެން ބޭފުޅަކު އައްޔަނުކުރެވެންދެންނެވެ.
01 Dec 2024
ޚަބަރު
މިނިސްޓަރ ރަމިީލާ މަޤާމުން އިސްތިއުފާ ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިނިސްޓަެ ރަމީލާ އެމަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އެކަމަނާގެ ސިއްޙީޙާލުކޮޅު ހުރި ގޮތުން ކަމަށެވެ.
28 Nov 2024
ޚަބަރު
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފުރަތަމަ ހުޅުވާލީ މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. އެއިލާނުގައި ދީފައިވާ މުއްދަތު ހަމަވީ، މިހަފްތާގެ އަންގާރަ ދުވަހުއެވެ.
28 Nov 2024
ޚަބަރު
މިހާރު ގެންނަމުންދާ ބަދަލުތަކާއި އެކު ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއިބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، 17 ނޮވެމްބަރ 2024 ގައި އެ މަނިކުފާނު ދެންނެވި ފަދައިން ގަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމް.އެމް.އޭ.އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދުމަކީ މުހިއްމުކަމެއްގެ ގޮތުގައި، ދެކެވަޑައިގަންނަވާ ކަމަށެވެ.