Advertisement

ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

07 Dec 2024
ޚަބަރު

މުސާރަ ނުދީގެން މުޒާހަރާކުރި ބިދޭސީންގެ މައްސަލަ ބަލަން ފަށައިފި

މުސާރަ ނުދީގެން ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކައިރީގައި ގްރީން ޒޯނުގައި މުޒާހަރާކުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމުޒާހަރާގައި 52 ބިދޭސީން ބައިވެރިވެފައިވާ ކަމަށާއި އެ އެންމެން އިމިގްރޭޝަނާއި ހަވާލުކޮށްަފައިވާ ކަމަށެވެ. 

މިކަމާއި ގުޅޭ ގޮތުން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއަދު މާލޭގެ ގްރީން ޒޯނުގައި މުޒާހަރާކުރި 55 ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިވަގުތު ދަނީ ބަލަމުންކަމަށެވެ. އަދި މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން ކަމުގައިވެސް ޝަމްޢާން ވިދާޅުވިއެވެ.

ޝަމްޢާން އިތުރަށް ވިދާޅުވީ، އެ ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާކަމަށް އެފަރާތްތަކުން ބުނަމުންދާތީ، މިވަގުތު ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ގުޅިގެން އެކަންތައްވެސް ބަލަމުން ގެންދާ ކަމަށެވެ. އަދި އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާކަށް ފުރުސަތެއް ދޭނެ ކަމަށާއި އަދި އެފަދަ ފަރާތްތާއިމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ޢަމަލު ކުރަމުން ގެންދާނެ ކަމުގައިވެސް ޝަމްޢާން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އިތުރަށް ގޯސްވަމުން އަންނަ އިރު، ބިދޭސީންނަށްވެސް މުސާރަ ނުދިނުމުގެ މައްސަލަތައް އަންނަނީ ފެންމަތި ވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.