Advertisement

ރައީސުލްޖުމްހޫރިއްޔާ އޮޅުހިޔާ ހުޅުއްވައިދެއްވުން --

03 Dec 2024
ޚަބަރު

ބުޅާ ފެސިލިޓީ ސިޓީ ކައުންސިލް އަތުން އަތުލައިފި

ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރި ބުޅާފަދަ ޖަނަވާރު ބަލަހައްޓާ ފެސިލިޓީ، "އޮޅު ހިޔާ" ހިންގުން މާލެ ސިޓީ ކައުންސިލުން ވަކިކޮށް އެގްރިކަލްޗަރ މިނިސްޓްރީއާ ހަވާލު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން މާލޭ ސިޓީ ކައުންސިލުން ވަނީ ކަށަަވަރުކޮށްދެއްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި "އޮޅުހިޔާ" ހިންގުން މާލޭ ސިޓި ކައުންސިލްގެ ދަށުން އަތުލައި އެތަން ހިންގުން އެގްރިކަލްޗަރ މިނިސްޓްރީއާ ހަވާލުކުރުމަށް ނިންމާފައި ވަނީ، ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމައިގެން ކަމުގައި ސިޓީއަކުން މާލޭ ސިޓީކައުންސިލަށް ސަރުކާރުން އަންގަވާފައިވާ ކަމުގައި ސިޓީ ކައުންސިލުން ހާމަކުރައްވާފައިވެއެވެ.

މިއަދު ސަރުކާރުން އެނިންމުން ނިންމާފައި ވަނީ އޮޅުހިޔާއަށް ބުޅާތައް ގެންދިޔުމަށް ނިންމައި، ސިޓީކައުންސިލުން އެމަސައްކަތް ފަށާފައި ވަނިކޮށް އެގްރިކަލްޗަރ މިނިސްޓްރީ އެކަން މަޑުޖައްސާލުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.

"އޮޅު ހިޔާ" ތަރައްޤީކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އަދި އެތަނަށް މުވައްޒަފުން ހޯދުމަށް ސިޓީ ކައުންސިލުން އޮތީ އިޢުލާނުވެސް ކޮށްފައެވެ. އަދި އޮޅުހިޔާ ހަދާފައިވާ ބިންވެސް އެޗްޑީސީން ކުއްޔަށް ދޫކޮށްފައި އޮތީ ސިޓީކައުންސިލަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އޮޅުހިޔާ އެގްރިކަލްޗަރ މިނިސްޓްރީއާ ހަވާލުކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ ކައުންސިލް ބައްދަލުވުމަށް ހުށައަޅުއްވައިގެން ކަމަށެވެ.

އޮޅުހިޔާ ރަސްމީގޮތުން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުސްވި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.