Advertisement

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވުން ---

05 Dec 2024
ޚަބަރު

ވަކިކުރި ސިޔާސީ މުވައްޒަފުންނަކީ ކޮންބައެއްކަމެއް ނޭނގުނު!

ރައީސުލް ޖުމްހޫރިއްޔާގެ އިޤުތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ވަޒީފާއިން ވަކިކުރުމަށް ނިންމި 228 މީހުންނަކީ ކޮބައިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިއްރުކޮށްފިއެވެ.

228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑައިރެކްޓަރުން ކަމަށާއި، އެއާއެކު ދައުލަތުގެ ބަޖެޓުން މުސާރައަށް ކުރާ ހޭދައިން، މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އެދުވަހު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެެއެވެ.

އޭގެ ފަހުން ނޮވެމްބަރު މަހު، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން 228 ސިޔާސީ މަޤާމު މަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަޤާމުތަކާއި ގުޅޭ ތަފްސީލްތަކެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ސިޔާސީ މަޤާމުތަކުން މީހުން ވަކިކުރިކަން ކަށަވަރު ކުރުމަށް އެކަމާއު ގުޅޭ ތަފްސީލް މައުލޫމާތު ހޯދުމަަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އަމިއްލަ ފަރާތަކުން ހުށައެޅި އާރް.ޓީ.އައި ފޯމަށް ރައީސް އޮފީހުން ދިން ޖަވާބުގައި ބުނެފައި ވަނީ، ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ޒާތީ މައުލޫމާތަކަށް އެމައުލޫމާތު ވާތީ އެކަން ހާމަކުރެވެން ނެތް ކަމަށެވެ.

ބައެއް އާއްމުންނާއި ސިޔާސީ ފަރާތްތަކުންވެސް ތުހުމަތުކުރާ ގޮތުގައި 228 ސިޔާސީ ވަޒީފާ މަދުކުރިކަމަށް ސަރުކާރުން ދައްކާވާހަކައަކީވެސް އޮޅުވާލުމެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.