Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

10 Dec 2024
ޚަބަރު

ފަހަތަށް ނުޖެހި ސަރުކާރާއި ދެކޮޅަށް ނުކުތުމަށް ކުރީގެ ރައީސް ޞާލިޙް ގޮވާލައްވައިފި

ރައްޔިތުން ފަހަތަށް ނުޖެހި ސަރުކާރާއި ދެކޮޅަށް ނުކުތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ "ޤާނޫނު އަސާސީގެ ދިފާއުގައި" ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ޞާލިޙް ވިދާޅުވީ، މިއަދު ކުރަންވީ ކަމަކީ ފަހަތަށް ނުޖެހި ނުކުތުން ކަމަށާއި، ރައްޔިތުން ނުކުތީމާ، ރައްޔިތުންގެ އަޑު އަހަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުވާނެ ފަހަތަށް ޖެހިގެންނެއް. ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި. އެމްޑީޕީ މިއަދު މިއޮތީ ރައްޔިތުންނާ އެކީގައި މި ހައްގުތައް ހޯދަައިދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރަށް."

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުން ނުކުމެއްޖެ ނަމަ ރައްޔިތުން ބޭނުންވާ ގޮތަށް އަމަލުކުރުމަށް ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ. އަދި ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، އެމްޑީޕީން އޮތީ ރައްޔިތުންނަށް ޙައްޤުތައް ހޯދައި ދިނުމަށް ނުކުމެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.