Advertisement

02 Dec 2024
ޚަބަރު

ޕީޕީއެމް އުވާލުމަށް އެޕާޓީގެ ސެނެޓުން ނިންމައިފި

ރާއްޖޭގައި ސިޔާސީ މެމްބަރުން އެންމެ ގިނަ ޕާޓީ ޕީޕީއެމް އުވައިލުމަށް އެޕާޓީގެ ސެނެޓުން މިއަދު ފާސްކޮށްފިއެވެ.

ޕީޕިއެމްއަކީ، 2013 2018އަށް ރާއްޖޭގައި ވެރިކަން ކުރި ޕާޓީއެވެ. އަދި މިހާރު ވެރިކަމުގައި އޮތް ޕާޓީ ޕީއެންސީއަކީ، ވެރިކަން ހޯދުމަށްޓަކައި އެޕާޓީގެ ތެެރެއިން އުފެއްދި ޕާޓީއެކެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްޓަަކައިވެސް ބޭނުންފުޅު ކުރެއްވީ އެޕާޓީގެ ކުލައާއި ލޯގޯއެވެ. އެހެން ނަމަވެސް މިހާރު ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙްގައި އުވާލާފައިވާ ޕާޓީއެއްގެ ކުލަ އާއި ލޯގޯ އާއި ދިދަ އަދި ނިޝާންތައް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވީ، ޕާޓީ އުވާލުމުގެ ޤަރާރު ސެނެޓަށް ހުށައަޅާފައި ވަނީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 61 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެޤަރާރު ސެނެޓުން ފާސްކޮށްފައި ވަނީ، ސެނެޓަށް ހާޟިރުވެވަޑަިއގެން ތިއްބެވި 41 މެމްބަރުންގެ އިއްތިފާޤުން ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އެނިންމުމާއި އެކު ޕާޓީ އުވިގެން ދިޔައީ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

" އެނގިވަޑައިގަންނަވާނެ ޕީޕީއެމްއާ ޕީއެންސީއަކީ، އެއް ފުރާޅެއްގެ ދަށުގައި އެއް ސިޔާސަތުތަކެއްގެ ދަށުގައި، ދެމި ތިބި ދެޕާޓީ. ޕީޕީއެމްގެ ވެރިކަން ނިމި އަޅުގަނޑުމެންގެ މިފިކުރު އޭރުގައި، ވާދަވެރިންގެ ގޮތުގައި ނުވަތަ އިދިކޮޅުގައި އޮތް އިރުގައި އެއައި ސިޔާސީ ގޮންޖެހުންތަކާއި އެކީގައި، އިތުރު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އަޅުގަނޑުމެންގެ ފިކުރުގެ ތެރެއިން އަޅުގަނޑުމެން އުފަން ކުރަން ޖެހުނީ."

ޕީޕީއެމްގެ ނައިބު ރައީސް އަދި މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މުޙައްމަދު -

ޕީޕިއެމްއަކީ، ރައީސް މައުމޫނު އިސްވެ ހުންނަވައި އުފެއްދެވި ޑީއާރްޕީގެ ތެރޭގައި ބައިބައިވުން އުފެދި އެމަނިކުފާނު އުފެއްދެވި ދެވަނަ ޕާޓީއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމުގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިޝް މައުމޫނަށް އިލެކްޝަންސް ކޮމިޝަނުން ދިނީ 09 ސެޕްޓެމްބަރު 2011 ގައެވެ. ރައީސް މައުމޫނާއި ޖެހުނު މައްސަލަތަކުގައި ރައީސް ޔާމީނުގެ ކޮންޓްރޯލްގެ ދަށަށް ޕާޓީ ގެނެސް އެޕާޓިން ރައީސް މައުމޫނު ވަކިކުރެއްވީ 2016 ވަނަ އަހަރުގައެވެ. އަދި ޕީއެންސީ އޭރު އުފެއްދެވީ އެމައްސަލައިގައި ރައީސް ޔާމީނު ކޯޓަށް ވަޑައިގެންނެވުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.